ޚަބަރު

މިފަހަރު ރޯދަމަސް ދިމާވީ އަނބު މޫސުމާ، ބާޒާރުގައި ދިވެހި އަނބު ތިޔާގި


  • އަނބު ކިލޯއެއް އުޅެނީ 90 ރުފިޔާއަށް

  • އެހެން ބާވަތްތައްވެސް ވަރަށް ތިޔާޤި

ރޯދަމަސް ފެށިގެން ކުރިއަށް ދާއިރު މިއަދު ބާޒާރުގައި އަނބު ވަރަށް ތިޔާގިކަން ފާހަގަކުރެއެވެ. ،މިއަހަރުގެ ރޯދަމަސް ދިމާމިވީ ރާއްޖެއަށް އަނބު މޫސުމާއެވެ.
ބާޒާރުގައި އަނބު ތިޔާގި ނަމަވެސް އަނބު ކިލޯއެއްގެ އަގު ހުރީ 80ރ އާއި 90ރ އާއި ދެމެދުގައެވެ.

އެހެން އަހަރުތަކާއި އަޅާބަލާއިރު، އެވްރޭޖްކޮށް އަސާސީ ހުރިހާ ކާބޯތަކެއްޗެއްގެ އަގުވެސް އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެހެން މަސްތަކާއި ހިލާފަށް ރޯދަމަކީ ފަނި ގިރުމަށް ބޭނުން ކުރާ ސާމާނު ގިނައިން ގަންނަ މަހެކެވެ. އެގޮތުން އަނބާއި އެއްވަރަށް އިތުރު އެހެން ބާވައްތައް ވަނީ މާރުކޭޓުގައި ގިނަ ކަން ފާހަގަކުރެވެ. އޭގެ ތެރޭގައި ކަރާ، ފޭރު، ޖުމްހޫރީ މޭވާ، މެލަން، ފަދަ ބާވައްތައް ހިމެނެވެ.

ފަނި ގިރުމަށް އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް:

  • ● ކަރާ - 22ރ ކިލޯއެއް
  • ● އަނބު - 70ރ - 95ރ ދެމެދު ކިލޯއެއް
  • ● ފޭރު- 85ރ- ކިލޯއެއް
  • ● ދޮންކެޔޮ - 50ރ ކިލޯއެއް
  • ● އަލަނާސިއެއް - 60ރ
  • ● ކުރުންބާ - 40ރ

މަސް މާރުކޭޓުގެ އަގުތައް:

  • ● ކަޅުބިލަމަސް - 35ރ ކިލޯއެއް
  • ● ކަންނެލި - 35ރ ކިލޯއެއް
  • ● ގިނިމަސް - 50ރ ކިލޯއެއް
  • ● ހަނދި - 100ރ ކިލޯއެއް
  • ● ފާނަ - 150ރ ކިލޯއެއް
  • ● މުށިމަސް - 20ރ 3 މަސް

ވަޅޯމަސް މާރުކޭޓުގެ އަގުތަކަށް ބަލާއިރު ވެކިއުމްކޮށްފައި ހުރި މަސް ހުރީ 80 ރުފިޔާއަށް ކިލޯއެކެވެ. ވަޅޯމަސް ކިބަ ކިރާގެން ވިއްކާނަމަ ކިލޯއެއް ހުރީ 80 ރުފިޔާއަށެވެ.

ރޯދަމަހަށް ޚާއްސަކޮށް ބާޒާރުގައި ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިއާއެކު ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ނިޔަލަށްވެސް ތަކެތީގެ އަގު އުފުލިޔަ ނުދޭ ހިފެހެއްޓުމެވެ.