ކުޅިވަރު

ރެފުރީ ކޮރަޕްޓް ކަމަށް ބުނުމުން ރައީސަށް 15 މެޗުގެ ސަސްޕެންޝަނެއް


ރެފުރީ ކޮރަޕްޓް ކަމަށް ބުނުމުން ފްރާންސްގެ ކުލަބު މާސޭގެ ރައީސް ޕަބްލޯ ލޮންގޯރިއާ 15 މެޗަށް ސަސްޕެންޑްކޮށްފިއެވެ.

މިއާއެކު ފްރާންސްގެ ރެފްރީންނަށް ބިރު ދައްކައި އިންޒާރުދީ އާއިލާ އަށް ތަފާތު އިންޒާރުދީ ރެފްރީންނާމެދު ނަފްރަތު އުފައްދާނަމަ ރެފްރީން ދަނޑަށް ނުކުނުންނާނެ ކަމަށް ރެފްރީންގެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެ އެސޯސިއޭޝަނުން ބުނީ ރެފްރީންނަށް ވެސް ހައްގުތަކެއް އޮންނަ ކަމަށާއި އިންޒާރުތަކަކާއެކު ރެފްރީކަން ކުރަން ނުޖެހޭ ކަމަށެވެ.

މާސޭގެ ރައީސް ހިތްހަމަ ނުޖެހުނީ ފްރާންސްގެ ލީގުގައި މި ހަފުތާގައި އޭނާގެ ޓީމު 3-0އިން ބަލިވުމުންނެވެ. މި މެޗުގެ ރެފްރީކަން ކުރި ޖެރެމީ ސްޓިނަޓް މެޗުގެ ރެފްރީއަކަށް ނެރުމުގައި ލޮންގޯރިއާގެ އަތެއްވާ ކަމަށެވެ. ނަމަވެސް މެޗުން ބަލިވުމުން އޭނާ ބުނީ ރެފްރީ ހުރީ ވަރަށް ބޮޑަށް ކޮރަޕްޓް ވެފައި ކަމަށެވެ.

ފްރާންސްގެ ފުޓްބޯލަ ފެޑަރޭޝަނުން ބުނީ މެޗުގެ ކުރިން ރެފްރީގެ ގޭގެ ކައިރީގައި ވަޅި ހިފައިގެން ތިބި ބަޔަކު ތިބި ކަމަށާއި އޭނާގެ ގޭ ދޮށުގައި އޮތް އާއިލާ މީހުންގެ ދެ ކާރަކަށް އެކި ވަރުގެ ގެއްލުން ދީފައިވާ ކަމަށެވެ. އަދި މި މައްސަލަ ރެފްރީގެ ފަރާތުން މިހާރު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ރެފްރީންގެ ރައްކާތެރިކަމާއި އެމީހުންގެ ނަޒާހަތްތެރިކަން ވެސް ވަރަށް މުހިންމު ކަމަށާއި ކުރިމަތިވާ ކަންކަމުގައި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.
ފްރާންސްގައި ރެފްރީންގެ މައްސަލަ ބޮޑުވަމުން އަންނައިރު މި ފަހަކަށް އައިސް ރެފްރީންގެ މައްސަލަ އެންމެ ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ ތުރުކީ އެވެ.