ދުނިޔެ

އިސްލާމީ ޤައުމުތަކުގައި ޢީދު ފާހަގަކުރުން


މިއަދަކީ އިސްލާމީ ގިނަ ގައުމުތަކަށް ބަރަކާތްތެރި ފިތުރު އީދު ދުވަހެވެ. 

އޭޝިޔާއާއި އެފްރިކާއާއި މެދުއިރުމަތީގެ އިސްލާމީ ގިނަ ގައުމުތަކުން އިޢްލާނުކޮށްފައިވަނީ އަންގާރަ ދުވަހަކީ ރަމަޟާންމަހުގެ ތިރީސް ވަނަ ދުވަސްކަމަށާ އަދި ބުދަދުވަހަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަސްކަމަށެވެ. ފަލަކީ ހިސާބުތައް ދައްކާގޮތުންނާއި ހަނދު ނުފެނުމުގެ ސަބަބުން އަންގާރަ ދުވަހަކީ ރަމަޟާންމަހުގެ ތިރީސް ވަނަ ދުވަސްކަމަށް އިޢުލާނުކުރި ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިޔާއާއި ގަތަރާއި ކުވައިތާއި ޔޫ.އޭ.އީގެ އިތުރުން އިރާޤާއި އުރުދުންއާއި ސޫރިޔާއާއި ފަލަސްތީނާއި ލުބްނާނާއި ލީބިޔާއާއި މިސްރާއި އަރަބި މަޣްރިބްގެ ގައުމުތައްވެސް ހިމެނެއެވެ. 

img:http://s1.psmnews.mv/images/660x400/14677885374117.jpg|މުސްލިމުން އެންމެ ގިނަ އިންޑޮނޭޝިޔާގައި ޢީދު ފާހަގަކުރުން

އަދި ދިވެހިރާއްޖެއާއި އޭޝިޔާގެ ގިނަ އިސްލާމީ ގައުމުތަކުގެ އިތުރުން އެފްރިކާގެ ގިނަ އިސްލާމީ ގައުމުތަކުންވެސް ބުނެފައިވަނީ އަންގާރަ ދުވަހަކީ ރަމަޟާންމަހުގެ ތިރީސް ވަނަ ދުވަސްކަމަށާ ބުދަ ދުވަހަކީ ބަރަކާތްތެރި ފިތުރު އީދު ދުވަސްކަމަށެވެ.  ފިތްރު އީދުގެ މި އުފާވެރި މުނާސަބަތާ ގުޅިގެން އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި އިސްލާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ވެރިން ގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އީދުގެ ތަހުނިޔާ ދަންނަވަމުންނެވެ.