ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ބެން ޑަކެޓް ރިކޯޑެއް ހެދި ނަމަވެސް، އޮސްޓްރޭލިއާ އަތުން އިނގިރޭސިން ބަލިވެއްޖެއެވެ.
މި މެޗުގައި ޑެކެޓް ވަނީ 165 ލަނޑު ހަދައިފަ އެވެ. މިއީ ޗެމްޕިއަންސް ޓްރޮފީގެ ތާރީހުގައި އެއް ކުޅުންތެރިއަކު މެޗެއްގައި ހެދި އެންމެ މަތީ ސްކޯ އެވެ. އޭނާ މި އަދަދު ހަމަކުރީ 143 ބޯޅައިންނެވެ.
ޕާކިސްތާނުގެ ލާހޯރުގައި ކުޅުނު މި މެޗުގައި ފުރަތަމަ ކުޅެން ނުކުމެ އިނގިރޭސިން 50 އޯވަރުގެ އިނިންގްސް ނިންމާލީ އަށް ވިކެޓަށް 351 ލަނޑު ހަދައިގެންނެވެ. މިއީ އެއް ދުވަހުގެ ކްރިކެޓް މެޗެއްގައި އިނގިރޭސީންގެ އެންމެ މަތީ ސްކޯ އެވެ.
ނަމަވެސް މި ވަރުން ކާމިޔާބީއާ ހަމައަށް ނުދެވުނީ ޖަވާބުގައި ކުޅެން ނުކުމެ އޮސްޓްރޭލިޔާ ކުޅެން ނުކުމެ 47.3 އޯވަރުގެ ތެރޭގައި 356 ލަނޑު ހެދުމުންނެވެ.
އޮސްޓްރޭލިޔާއިން އެންމެ މޮޅަށް ކުޅުނީ 120 ލަނޑު ހެދި އިންގްލިސް އެވެ. އެންމެ ރަނގަޅަށް އުކާފައިވަނީ ތިން ވިކެޓް ނެގި ޑްރަރުޝުއިސް އެވެ. އިނގިރޭސި ޓީމުގެ ގިނަ އުކުންތެރިންނަށް ނެގިފައިވަނީ އެންމެ ވިކެޓެކެވެ.
މި ނަތިޖާއާއެކު ގްރޫޕް ބީގެ ކުރީގައި ވަނީ ދެކުނު އެފްރިކާ އާއި އޮސްޓްރޭލިޔާ އެވެ. މި ދެ ގައުމަށް ވެސް ދެ ޕޮއިންޓް ލިބިފައިވާއިރު ޕޮއިންޓެއް ނުލިބެނީ އިންގްލޭންޑާއި އަފްގާނިސްތާނަށެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. މާދަމާ ކުޅޭނީ އިންޑިޔާ އާއި ޕާކިސްތާނެވެ.