ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ތުރުކިޔޭގެ ގަލަތަސަރާއީއާ ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، މުބާރާތުގެ ދެވަނަ ބުރަށް ނެދަލަންޑްސްގެ އަލްކްމަރ ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއަކުން އަލްކްމާރ ކާމިޔާބުކޮށްފައިވާތީ އެ ޓީމަށް ކުރި ލިބިފައިވަނީ 6-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ގަލަޓަސަރާއީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އަލްކްމާރ ގެ ސޭޔާ މައިކޫމާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި އަލްކްމާރގެ ޑެންސޯ ކަސިއަސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް އޭގެ މިނިޓެއް ފަހުން ގަލަޓަސަރާއީގެ ވިކްޓަރ އިސިމްހެން ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމުގެ އުންމީދުތައް އައު ކޮށްދީފަ އެވެ. އަދި މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމުގެ ރޮލޭންޑް ސަލާއީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ.
މި މުބާރާތުގައި ރޭ ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް މިޗިލޭންޑް ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން މޮޅުވެ އެ ޓީމުން ވެސްވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ.
މި ނަތީޖާ އާއިއެކު ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި އަލްކްމާރ އައި ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ނިކުންނާނީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ އެވެ. އަދި މި ދެ ޓީމާއި ދެކޮޅަށް ކުޅޭނެ ސީދާ ޓީމެއް ކަނޑައެޅިގެންދާނީ މިއަދު ބާއްވާ ގުރުއަތުލުމުގެ ރަސްމިއްޔާތަށް ފަހުގަ އެވެ.