ދޯހާގައި މިހާރު ކުރިއަށްދާ ގަތަރު އޯޕަން ޓެނިސް މުބާރާތުގައި އެއްވަނައަށް ސީޑް ކޮށްފައިވާ ކާލޯސް އަލްކަރާޒް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޖިރީ ލެހޭކާ ހޯދައިފިއެވެ.
އުމުރުން 23 އަހަރުގެ ޗެކް ރިޕަބްލިކަށް އުފަން ލެހޭކާ އާއި ދެކޮޅަށް ސްޕެއިންގެ ކާލޯސް އަލްކަރާޒް ކުޅުނު މެޗުން އޭނާ ބަލިވެފައިވަނީ ދެ ސެޓް އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓް ހައެއް ތިނެއްގެ ނަތީޖާއަކުން ލެހޭކާ މޮޅުވި ނަމަވެސް ދެވަނަ ސެޓުގައި އަލްކަރާޒް ވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ތިނެއް ހައެއްގެ ނަތީޖާއަކުން ދެވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ.
ނަމަވެސް ތިންވަނަ ސެޓުގައި ލެހޭކާ ވަނީ މޮޅު ކުޅުމެއް ދައްކާ ހައެއް ހަތަރެއްގެ ނަތީޖާއަކުން މި ސެޓު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މިއީ ލެހޭކާގެ ކުރިއަރުގައި އޭނާއަށް ތިންވަނައަށް ލިބުނު އެންމެ ރަގަޅު ކާމިޔާބީ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ލެހޭކާ އާއި ދެކޮޅަށް ނިކުންނާނީ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕަރ އެވެ. އޭނާ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ މަޓިއޯ ބެރެންޓީނީ އާއި ދެކޮޅަށް ކުޅުނު މެޗު ހަތަރެއް ހައެއް, ހައެއް ހަތަރެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރަޝިޔާގެ އެންޑްރޭ ރުބްލޭވް އާއި ދެކޮޅަށް ނިކުންނާނީ އޮސްޓްރޭލިއާގެ އެލެކްސް ޑެމިނޯ އާއި ކެނެޑާގެ ފެލިކްސް ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިއެކެވެ.