މާލޭގެ އެކި ތަންތަނުން ކޮތަރުތައް ބަލިވެ، މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިކަން ހާމަކުރައްވާފައި މިވަނީ މާލޭގެ އެކި ސަރަޙައްދުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާތީ، އެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައިވެސް ފާޅުކޮށްފައިވަނިކޮށެވެ.
ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިކަން އެ ވުޒާރާގެ ސަމާލުކަމަށްވެސް އައިސްފައިވާކަމަށެވެ. އަދި އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް އެ ވުޒާރާއިން ފަށާފައިވާކަމަށެވެ.
މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން، މި ވުޒާރާގެ ސަމާލުކަމަށް އައުމާގުޅިގެން، އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މި ވުޒާރާއިން ފަށާފައިވާ ވާހަކަ ދަންނަވަމެވެ. އަދި ސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލް… pic.twitter.com/340LyUZDJ8
— Ministry of Agriculture and Animal Welfare (@MAAWmv) February 20, 2025
މިގޮތުން އެކި ސަރަޙައްދުތަކުން ކޮތަރުތަކުގެ ސާމްޕަލްތައް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި މިކަން މެދުވެރިވާ ސަބަބު ގެނެގަނެވުނުހާ އަވަހަކަށް އެކަމުގެ ތަފްޞީލު އާންމުންނާ ހިއްސާކުރައްވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.