ޚަބަރު

ކުޑަކުދިންނަށް ވެކްސިންދިނުމާއި ހެދިބޮޑުވުން މޮޮނިޓަރކުރުމުގެ ޚިދުމަތް ސެނެހިޔާގައި ފަށައިފި


  • ރޫޓިން ޝެޑިއުލްގައި ހިމެނޭ ހުރިހާ ވެކްސިނެއެއްގެ ޚިދުމަތް މިހާރު އެ ހޮސްޕިޓަލުން ލިބޭނެ

  • ހުކުރު ދުވަސްނޫން ކޮންމެ ދުވަހަކު ހެނދުނު 12:00-9:00 އަށް ޚިދުމަތް ފޯރުކޮށްދޭނެ

ސެނަހިޔާ ހޮސްޕިޓަލުގައި 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެކްސިން ދިނުމާއި، ހެދިބޮޑުވުން މޮނިޓަރ ކުރުމުގެ ޚިދުމަތްދޭން ފަށައިފިއެވެ.

ސެނެހިޔާ ހޮސްޕިޓަލުގައި އެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ސިއްޙާތާ ބެހޭ ވަޒީރުގެ ނާއިބު އަހުމަދު ހަމްދާން ނާސިރުއެވެ.

މި ޚިދުމަތް ސެނަހިޔާއިންވެސް ދިނުމުގެ މަޤްސަދަކީ ކުޑަކުދިންގެ ދުޅަހެޔޮކަމާއި، ކުރިއެރުމަށް ބޭނުންވާ ސިއްޙަތާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. ރޫޓިން ޝެޑިއުލްގައި ހިމެނޭ ހުރިހާ ވެކްސިނެއެއްގެ ޚިދުމަތް މިހާރު އެ ހޮސޕިޓަލުން ލިބޭނެކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ސެނަހިޔާ ހޮސްޕިޓަލުން ވެކްސިން ދިނުމާއި ހެދިބޮޑުވުން މޮނިޓަރ ކުރުމުގެ ޚިދުމަތްދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނުނު 09:00 އިން 12:00 އަށެވެ.

މިހާރުވެސް ދަމަނަވެށީގެ އިތުރުން މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ހޮސްޕިޓަލްތަކުންނާއި، ޕަބްލިކް ހެލްތު ޔުނިޓްތަކުން ވެސް ވެކްސިން ޖެހުމުގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.