ޚަބަރު

ވެލިގާ ހާޑްވެއަރގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި


  • މި ފިހާރަ ހުންނާނީ ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ޓަވަރުގަ

  • މިއީ ވެލިގާ ޙާރޑްވެއަރގެ ހަވަނަ ފިހާރަ

ވެލިގާ ހާޑްވެއަރގެ އައު ފިހާރައެއް ހުޅުމާލެ ފޭސް ދޭއްގައި ހުޅުވައިފިއެވެ. ވިނަރެސް ޓަވަރ 2 ގައި ހުޅުވާފައިވާ މި ފިހާރައަކީ ވެލިގާ ހާޑްވެއަރގެ ހަވަނަ ފިހާރައެވެ.

ވެލިގާ ހާޑްވެއަރގެ އައު ފިހާރަ ހުޅުވައިދެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަބޫބަކުރެވެ. އައު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވެލިގާގެ ޕާޓްނަރުންނާއި، ކުންފުނީގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ވެލިގާ ހާޑްވެއަރގެ ކޯޕަރޭޓް ސޭލްސް މެނޭޖަރ މިފްޒާން މުޙައްމަދު ވިދާޅުވީ އަލަށް ހުޅުވި ފިހާރައިން ފެންވަރު ރަނގަޅު ގިނަ އުފެއްދުންތަކެއް ލިބެން ހުންނާނެ ކަމަށާއި ޙާއްސަކޮށް ސާފުކުރުމަށް ބޭނުންކުރާ ސާމާނު މި ފިހާރައިން ލިބެންހުންނާނެ ކަމަށެވެ.

ވެލިގާ ހާޑްވެއަރއިން ދަނީ ކޮންސްޓަރކްޝަން މަސައްކަތަށް ބޭނުންކުުރާ ގިނަ ބާވަތްތަކުގެ މުދާ ރާއްޖެއަށް އެތެރެކޮށް ވިއްކަމުންނެވެ. އެގޮތުން ވެލިގާ ހާޑްވެއާގެ އައު ފިހާރައިން ޕަވާ ޓޫލްސް، ހޭންޑް ޓޫލްސް، ކޮންސްޓްރަކްޝަން މެޓީރިއަލްސް، އިލެކްޓްރިކަލް އަދި ޕްލަބިން ސަޕްލައިސް، ކޮންސްޓްރަކްޝަން އިކިއުޕްމަންޓްސް، އެކި ވައްތަރުގެ ކުލަ އަދި ހޯމް އިމްޕްރޫވްމަންޓް ސޮލިއުޝަންތައް ލިބޭން ހުންނާނެއެވެ.

ހުޅުމާލެ ފޭސް 2 ގައި ވެލިގާއިން ހުޅުވި އައު ފިހާރައާ އެކު "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، އެ ފިހާރައިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ލަކީ ޑްރޯއެއް ލިބޭނެއެވެ. އަދި ގުރުއަތުން ހޮވޭ 10 ފަރާތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.


އަދި މި އައު ފިހާރަ ހުޅުވުން ފާހަގަކުރުމަށްޓަކައި މިއަދު އެ ފިހާރައިގައި ހާއްސަ ހަރަކާތެއް ކުރިއަށްގެންދިޔުމަށްވަނީ ރާވާފައެވެ. މި ހަރަކާތުގައި ވެލިގާ ފިހާރައިން ލިބެން ހުންނަ އުފެއްދުންތަކުގެ މައުލޫމާތާއި، ތަކެތި ބޭނުންކުރާނެ ގޮތްތައް ދައްކާލާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

2008 ވަނަ އަހަރު އުފެދުނު ވެލިގާ ހާޑްވެއަރ އަކީ ދިވެހިރާއްޖޭގައި ހާޑްވެއަރއާއި، އިމާރާތްކުރުމުގެ ތަކެއްޗާއި، ގެދޮރު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުނިއެވެ.