ކުޅިވަރު

މޮންޒާގެ ކޯޗުކަން އަލުން ނެސްޓާއަށް


އިޓާލިއަން ލީގުގެ ކުލަބު މޮންޒާގެ ކޯޗުކަން އަލުން އަލެސަންދްރޯ ނެސްޓާއަށް ދީފިއެވެ.

ނެސްޓާ އެ ކުލަބުގެ ކޯޗުކަމުން ވަކިކުރީ މީގެ ހަތް ހަފުތާ ކުރިންނެވެ. އަލުން އޭނާ އަށް ކޯޗުކަން ދިނީ ސަލްވަޓޯރޭ ބޮޗެއްޓީ ވަކިކުރުމަށްފަހު އެވެ. ހެލަސް ވެރޯނާ ކުރީގެ ކޯޗު މޮންޒާއިން ވަކިކުރީ ލީގުގައި އާދީއްތަ ދުވަހު ލާޒިއޯ އަތުން 5-1އިން ބަލިވުމުންނެވެ. މިއާއެކު މޮންޒާ ވަނީ ރެލިގޭޝަން ޒޯނަށްވުރެ އެންމެ އަށް ޕޮއިންޓް ކުރީގަ އެވެ. މިއީ ކުލަބުގެ މެނޭޖްމަންޓުން ހިތްހަމަޖެހޭ ފަދަ މަގާމެއްނޫނެވެ.

އުމުރުން 38 އަހަރުގެ ބޮޗެއްޓީގެ ކޯޗުކަމުގައި މޮންޒާ ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ހަ މެޗުން ބަލިވީ އެވެ.

ނެސްޓާ އެންމެ ފުރަތަމަ މޮންޒާގެ ކޯޗު ކަމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭސީ މިލާނާއި އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ އެއްވަނަ ޑިފެންޑަރުގެ ފުރަތަމަ ކޯޗިން ވަޒީފާ އަކީ ވެސް މިއީ އެވެ.

އޭނާ ކޯޗުކަމުން ވަކިކުރީ 17 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވުމުންނެވެ. އަލުން ކޯޗުކަން ލިބުމުން އޭނާ ޓީމު ގޮވައިގެން ނުކުންނަ ފުރަތަމަ މެޗަކަށްވާނީ މި މަހުގެ 16 ވަނަ ދުވަހު ލެއްޗެއާ ދެކޮޅަށް ކުޅޭ މެޗެވެ.