ޚަބަރު

މ.ހައުސްޕްލާޒާ ގޭގައި އަލިފާން ރޯވުން: އަލިފާން ކޮންޓްރޯލް ކޮށްފި


  • އެއީ މީހުން ދިރިނޫޅޭ އިމާރާތެއް

  • 2023 ވަނަ އަހަރުވެސް އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވޭ

މ.ހައުސްޕްލާޒާ ގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މިއަލިފާން ވަނީ ކޮންޓްރޯލްކޮށްފައެވެ.

https://psmnews.mv/125808

އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވެފައި ވަނީ މ.ހައުސް ޕްލާޒާ ގޭގައި ކަމަށެވެ. މާފަންނު ޝީ ބިލްޑިންގް ކުރިމަތީގައި ހުންނަ ހައުސްޕްލާޒާގެ އަކީ މީހުން ނޫޅޭ ބާ އިމާރާތެކެވެ. މީގެކުރިންވެސް އެތަނުގައި މިފަދަ އަލިފާނުގެ ޙާދިސާތައް ހިނގާފައިވެއެވެ. އެންމެފަހުން މިތަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވަނީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެފަހަރު އެތަނުގައި ރޯކޮށްލި މައްސަލާގައި ބަޔަކު ހައްޔަރުވެސް ކުރިއެވެ.