ތަރައްްޤީ

ވައްކަމުގެ ބޮޑު މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ


ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާގެ ގަހަނާ ވައްގަށް ނަގާފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދަމުންދާ މީހަކު ނުފެނިގެން އޭނާ ހޯދުމަށް ފުލުހުން އަނެއްކާވެސް އިޢުލާންކުރައްވައިފިއެވެ. 

ފުލުހުންގެ ތަހްޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާންކޮށްފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޖަންމެލް ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ވިދާޅުވީ މުޖަންމެލް ހޯދަމުންދަނީ 2016 އޭޕްރީލް 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ، 400،000 ހަތަރުލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާގެ އަގުހުރި ގަހަނާ ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެންކަމަށެވެ.

މުޖަންމެލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގެންނަވައެވެ.