ދުނިޔެ

އެންޓި-އަރޓިލަރީ ރާޑަރާ ޔޫކްރެއިނުން ހަވާލުވެއްޖެ


ޔޫކްރެއިންގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ، އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދިން އެންޓި-އަރޓިލަރީ ރާޑަރާ ހަވާލުވެއްޖެއެވެ.

ކިއޭވްގެ މައި ވައިގެބަނދަރުގައި އޮތް ރަސްމިއްޔާތެއްގައި އެމެރިކާއިން ފޯރުކޮށްދިން އެންޓި-އަރޓިލަރީ ރާޑަރާ ޙަވާލުވެވަޑައިގެން ރައީސް ޕެޓްރޯ ޕޮރޮޝެންކޯ ވިދާޅުވީ މި ރާޑަރުގެ ސަބަބުން އެޤައުމުގެ އުތުރުގެ ސަރަޙައްދުގައި ސުލްޙަ ބެލެހެއްޓުމުގައި އެޤައުމުގެ އަސްކަރިއްޔާއަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. 

ޔޫކްރެއިންގެ އުތުރުގައި ސުލްޙައާއި ހަމަޖެހުން ޤާއިމްކުރުމަށް މަސައްކަތްކުރާ އޮގަނައިޒޭޝަން ފޮރ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕުން ވަނީ އެސަރަޙައްދުގައި ޙަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި ޚިލާފުވެ ޙަމަލާތައް ބަދަލުކުރަމުންދާ ކުރުން،  ތަޙުޤީޤު ކުރުމަށް ރަޝިޔާއާއި ޔޫކްރެއިންގެ އޮފިޝަލުންގެ ކިބައިން މިދިޔަ ޖޫން މަހު އެދިފައެވެ.