 
										
			ރާއްޖޭގައި ލޯކަލް މެރިޓައިމް ޓްރެއިނިން އިންސްޓިޓިއުޓްތަކަށް ހުއްދަ ދެއްވުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ފަށްޓަވައިފިއެވެ.
 
އިންސްޓިޓިއުޝަންތަކަށް ހުއްދަދެއްވުމުގެ މަސައްކަތް ޓްރާންސްޕޯޓް އޮތޯރިޓީން ފަށްޓަވާފައި މިވަނީ، އިޞްލާޙްކުރެވިފައިވާ ސަލާމަތާބެހޭ ޤަވާޢިދުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގެ ކަނޑުތަކުގައި ދުއްވާ ހުރިހާ ޢާއްމު އުޅަނދުފަހަރުގައި މަސައްކަތްކުރާ މީހުންނަކީ، ތަމްރީނަށްފަހު ލައިސަންސް ދޫކޮށްފައިވާ މީހުންނަށް ވާންޖެހޭތީއެވެ.
 
އެގޮތުން ބޯޓް ކެޕްޓަނުންނާއި ފަޅުވެރިން އަދި މެރިން މެކޭނިކުން ތަމްރީންކުރުމަށްޓަކައި މިހާތަނަށް 3 އިންސްޓިޓިއުޝަނަކަށް ހުއްދަ ދޫކުރައްވާފައިކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ހާމަކުރައްވައެވެ.