ޚަބަރު

ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި


  • އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެ ދާ ލޭނުގެ މަގު ފުޅާވާ ސަރަހައްދުގައި

ހައިވޭގައި ދުއްވާ އުޅަދުތައް ފުލުހުން ޗެކްކުރުން / ފޮޓޯ: މުޙައްމަދު ވަޙީދު، ޕީ.އެސް.އެމް ނިއުސް

ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ މިރޭގެ 09:00 ޖަހާ ކަންހާއިރެވެ. މި އެކްސިޑެންޓުގައި ދެ އުޅަނދަށް ވުރެ ގިނަ އުޅަނދު ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އަދި މިހާތަނަށް ފުލުހުން މި ޙާދިސާއާ ގުޅޭގޮތުން ވަކި މަޢުލޫމާތެއް ދެއްވާފައެއްނުވެއެވެ.

އެ ސަރަހައްދުގެ މަންޒަރު ދުއް ޕީއެސްއެމް ނިއުސްގެ ނޫސްވެރިޔަކު ބުނީ އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެ ދާ ލޭނުގެ ހައިވޭމަތިން މަގު ފުޅާވާ ސަރަހައްދުގައި ކަމަށެވެ. އަދި އެކްސިޑެންޓު ހިނގި ސަރަހައްދުން ކަރަކާއި ޕިކަޕެއް ފެންނަ ކަމަށް އޭނާ މަޢުލޫމާތު ދިނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބްރިޖް ހައިވޭ މަތިން ހިންގި އެކްސިޑެންޓެއްގައި މީހަކު ވަނީ މަރުވެފައެވެ. އެ އެކްސިޑެންޓު ހިނގީ ހައިވޭ މަތިން މާލެކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް މަގުމަތީ ބައިންދާފައި ހުރި ކޯނެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިތުރު ތަފްސީލު އަންނަނީ...