ދީން

ބޮޑު ޖަމާޢަތުގަ ޢީދު ނަމާދުކުރުން މިފަހަރު އިސްލާމީ މަރުކަޒުގައި


ވޭތުވެދިޔަ ދެތިން އަހަރާ ޚިލާފަށް މިއަހަރުގެ ފިތުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައިކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކުރައްވައިފިއެވެ.

ވޭތުވެދިޔަ ދެތިން އަހަރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައިކޮށްފައިވަނީ ސްޓޭޑިއަމްގެ ހުސް ބިމުގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގައި 18 މިސްކިތެއްގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ވިލިނގިލީގައި މަސްޖިދުއްސަލާމްގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި، ހުޅުމާލެ ވަގުތީ މިސްކިތަކާއެކު އިތުރު 2 މިސްކިތެއްގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.