ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް، އެމެރިކާގެ ނާއިބު ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެން ޖޭމްސް ޑޭވިޑް ވެންސްއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މަރުޙަބާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޖޭ.ޑީ ވެންސްއަކީ އެމެރިކާގެ ނަބުރައީސްކަމަށް އިންތިޚާބުވަޑައިގެންނެވި 50 ވަނަ ބޭފުޅާއެވެ.
ނައިބު ރައީސްގެ މެސެޖުގައި ވިދާޅުވީ ކުރިއަށް އޮތް 4 އަހަރަކީ، ދުނިޔޭގެ ބޮޑެތި މައްސަތަކުގައި ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތް ކުރާނެ ދައުރަކަށް ވާނެކަމަށް ޔަގީންކުރައްވާކަމަށެވެ. އާ ރިޔާސަތާއެކު އެމެރިކާގެ ރައްޔިތުންގެ ކުރިމަގަށް ގިނަ މަސައްކަތްތަކެއްކޮށް އަދި ރައްޔިތުންގެ މެދުގައި ސުލްޙަ ޤާއިމުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ދަޢުރަކަށް ވާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ އެމެރިކާގެ އާ ވެރިކަމުގެ ދަޢުރަށް މަރުޙަބަ ވިދާޅުވެ މި ދަޢުރަކީ ކާމިޔާބު ދަޢުރަކަށްވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. ސިޔާސީ ގޮތުން ހަރަކާތްތެރި، ޖޭ.ޑީ ވެންސް ވަނީ ޔޫ.އެސް ސެނެޓުގައި ރިޕަބްލިކަން ޕާޓީ ތަމްސީލްކުރައްވާފައެވެ.
Congratulations to Vice President @JDVance on your historic assumption of office as the 50th Vice President of the United States of America. I am confident that the next four years will usher in fresh resolve to find shared solutions to issues of global significance, and that…
— Hussain Mohamed Latheef (@HucenSembe) January 20, 2025