މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް އިގާ ސްވިއަޓެކް އާއި ސަބަލެންކާ ހޯދައިފި އެވެ.
މި މުބާރާތުގައި ދެވަނައަށް ސީޑު ކޮށްފައިވާ ސަބަލެންކާ މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އިނގިރޭސިވިލާތުގެ އެމާ ރުޑަކާނޫ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް އެކެއް އަދި ހައެއް ސުމެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ފަސް ފަހަރު މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސްވިއަޓެކް މި ފަހަރުގެ މުބާރާތުގައި އަދި ސެޓެއް ގެއްލުވާލާފައިނުވާއިރު, މުބާރާތުގެ ހަތަރުވަނަ ބުރުގައި އޭނާ ނިކުންނާނީ ޖެކޮލިން ކްރިސްޓިއަން ނުވަތަ އެވާ ލީސް އާއި ދެކޮޅަށެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި އެއްވަނައަށް ސީޑުކޮށްފައިވާ ބެލަރޫސްގެ އެރީނާ ސަބަލެންކާ ވެސް ވަނީ މި މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ.
އޭނާ މި މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ކްލޭރާ ޓައުސަން އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އޭނާ ކާމިޔާބުކޮށްފައިވަނީ ހަތެއް ހައެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.
މި މެޗުން މޮޅުވުމާއެކު އޭނާ ވަނީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި އެންމެ ފަހުން ކުޅުނު 17 މެޗުންވެސް މޮޅުވެ އޭނާ ވަނީ މާޓިނާ ހިންގިސް އަށްފަހު ޖެހިޖެހިގެން ތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރާ ފުރަތަމަ އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި މުބާރާތުގެ ހަތަރުވަނަ ބުރުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ ރަޝިޔާގެ 17 އަހަރުގެ މިރާ އެންޑްރީވާ އެވެ. އޭނާ ވަނީ މަގްޑަލޭނާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ.