ޚަބަރު

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމަށް ޒުހޫރު


ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމަށް ހޯމް މިނިސްޓަރ އަޙްމަދު ޒުހޫރު އިންތިޚާބުކުރައްވައިފިއެވެ.  އެމަނިކުފާނު މިމަޤާމަށް އިންތިޚާބުކުރެއްވީ މިއަދު ބޭއްވިވި އެ އޮތޯރިޓީގެ ނުވަވަނަ ބައްދަލުވުމަށް ވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން  ހަ ބޭފުޅުން ވޯޓްދެއްވައިގެނެވެ.

ނުވަ މެމްބަރުން ތިއްބަވާ އެލްޖީއޭގެ ބޯޑްގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވީ ހަމައެކަނި ހޯމަ މިނިސްޓަރ އަޙްމަދު ޒުހޫރުއެވެ.

 އެލްޖީއޭގެ ރައީސް ކަމުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވަޒީރުކަމުގެ މަޤާމުން އިސްތިޢުފާދެއްވުމުންނެވެ.