ޚަބަރު

ށ. ފޯކައިދޫއާއި ފީވަކުން ފެނުނު ފުރުޓް ފްލައި ކޮންޓްރޯލްކޮށްފި


ށ. ފީވަށް އަދި ފޯކައިދޫން ފެނުނު ފުރުޓް ފްލައި ކޮންޓްރޯލްކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވީ، ފީވަކުން އަނބަށް ގެއްލުންދޭ ސޫތްޕެއް މިދިޔަ އަހަރު ތެރޭގައިި ފެނުމާއި ގުޅިގެން މިފްލައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ފެރޮމޯން ޓްރެޕް ގެނެސް ފީވަކުގައި އެޓްރެޕްތައް ހަރުކޮށް އެފްލައި ކޮންޓްރޯލްކޮށްފައިވާކަމަށެވެ. މި ޓްރެޕްތަކުގައި ޖެހޭ ފުރުޓް ފްލައި މޮނިޓަރކޮށް ރިކޯޑްކުރުމުގެ މަސައްކަތް ފީވަކު ކައުންސިލް މެދުވެރިކޮށް އެއް އަހަރު ދުވަހު ކުރިއަށްގެންގޮސް، މިދިޔަމަހު އެމިނިސްޓްރީގެ ޓީމުން މޮނިޓަރކޮށް ބެލި ބެލުމުން މިހާރު އެރަށުގައި ފުުރުޓްފްލައި ކޮންޓްރޯލްކުރެވިފައިވާކަން ޔަޤީންކުރެވިފައިވާކަމަށެވެ. މީގެ އިތުރުން ށ.ފޯކައިދޫ އިން ފެނުނު ފްރުޓްފްލައިވެސް ކޮންޓްރޯލްކުރެވިފައިވާކަމަށް އެމިނިސްްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވީ، ފީވަކާއި، ފޯކައިދޫ އިން ކޮންޓްރޯލްކުރެވިފައި ވީނަމަވެސް މިދެރަށުން ނުވަތަ އެހެން ރަށަަކުންވެސް ފްރުޓް ފްލައި ފެނުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އެހެންކަމުން ށ. އަތޮޅުން ފްރުޓް ފްލައި ފެނުމާއި ގުޅިގެން އުތުރު 6 އަތޮޅުގެ ބައެއް ރަށްތަކަށް ފެރޮމޯން ޓްރެޕްތައް ހަވާލުކޮށްފައިވާކަމަށާއި، ފްރުޓްފްލައި ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެކަން އެންގުމަށް އެމިނިސްޓްރީން އިލްތިމާސްކުރައްވައެވެ.