މިހާރު ކުރިއަށްދާ ބްރިސްބޭން އިންޓަރނޭޝަނަލް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އެރީނާ ސަބަލެންކާ ހޯދައިފިއެވެ.
ބެލަރޫސްއަށް އުފަން ސަބަލެންކާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓަރ ފައިނަލުގައި ޗެކް ރިޕަބްލިކްގެ މޭރީ ބޮޒްކޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
ސެމީ ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނަ މިރާ އެންޑްރީވާ މި މުބާރާތުގެ ސެމީ ފައިނަލަށް ކޮލިފައި ވެފައިވަނީ އޮންސް ޖިބޯ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ހަތަރެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ އޮސްޓްރޭލިއާގެ ކިމް ބިރެލް އާއި ރަޝިޔާގެ ޕޮލީނާ ކުޑަމެޓޯވާ އެވެ.