އޮސްޓްރޭލިއާގެ ޕާތުގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ކަޕް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެމެރިކާއިން ހޯދައިފިއެވެ.
އެމެރިކާ އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ ކުއާޓަރ ފައިނަލުގައި ޗައިނާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ. ޗައިނާ އާއި ދެކޮޅަށް އެމެރިކާ ކުޅުނު ސިންގަލްސް ދެ މެޗުވެސް އެމެރިކާ އިން ވަނީ ކާމިޔާބުކޮށް ޑަބަލްސް މެޗުގެ ކުރިން ސެމީގެ ފުރުސަތު ހޯދާފަ އެވެ.
ސިންގަލްސް މެޗުތަކުގައި އެމެރިކާގެ ކޮކޯ ގައުފް އާއި ޓޭލާ ފްރިޓްޒް ކުޅުނު ދެ މެޗުވެސް ދެ ކުޅުންތެރިން ވަނީ ކާމިޔާބުކޮށްފަ އެވެ. އެގޮތުން ޒޭންގް ޝުއާއި އާއި ދެކޮޅަށް ގައުފު ކުޅުނު މެޗު ހަތެއް ހައެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު ފްރިޓްޒް ވަނީ ޒޭންގް ޒިންޒެން އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ހަތަރެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
މި މުބާރާތުގައި އިއްޔެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނާއި ދެކޮޅަށް ކަޒަކްސްތާން ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
ފުރަތަމަ މެޗުގައި އެލޭނާ ރައިބަކީނާ ވަނީ ޖަރުމަންގެ ލައުރާ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ. އަދި ދެވަނަ މެޗުގައި އެލެކްޒެންޑަރ ޒްވެރޭވް ކުޅުނު މެޗުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް އޭނާގެ ކޮނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ މެޗު ދޫކޮށްލާފަ އެވެ.