މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ކިޔައިފިއެވެ. ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ މީގެކުރިން އެތައް ފަހަރަކު ރާއްޖެ އައިސްފައިވާ މީހެކެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ ލުއިސް ނަމަކަށްކިޔާ ސްޕެއިންގެ ރައްޔިތެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާއިއެކުގައެވެ.
މިއީ އޭނާ ރާއްޖެއައި 11 ވަނަ ފަހަރެވެ. އެހެންކަމުން ލުއިސްގެ ހިތުގައި ރާއްޖެއާއިމެދު އޮތީ އާއިލީ ގާތް ގުޅުމެއް އުފެދިފައެވެ. ރާއްޖެއަކީ އޭނާގެ 2 ވަނަ ގޭގެގޮތުގައި އޭނާ ސިފަކުރެއެވެ.
Starting off the year with one of our most special visitors – the first tourist of 2025 – who feels like family! 💙
— Velana Airport (@VelanaAirport) January 1, 2025
Mr. Luis and his family have visited the Maldives 11 times, making them more than just visitors – they’re truly part of the Maldives family. Their love for our… pic.twitter.com/MJN9Pxyvf3
ލުއިސްގެ އާއިލާއަކީ ވަރަށް ބޮޑަށް ފީނުމަށް ޝައުގުވެރިވާ އާއިލާއެކެވެ. ލުއިސް ފާހަގަކުރާ ގޮތުގައި އޭނާގެ ހިތުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަދި ދިވެހިންނާއި މެދު އޮތީ ޚާއްސަ ގުޅުމެއް އުފެދިފައެވެ.
ރާއްޖެއަކީ އަބަދުވެސް "ރިޕީޑެޓް" ފަތުރުވެރިން ނުވަތަ އެއްފަހަރަށްވުރެ ގިނަ ފަހަރު ޒިޔާރަތްކުރާ ފަތުރުވެރިން ގިނަ ޤައުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ދިވެހިންގެ ފަރާތުން އެ ލިބޭ މެހެމާންދާރީއާ ބަހައްޓާ ގާތްކަމެވެ.
2024 ވަނަ އަހަރަކީ ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. 2024 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.