ރައްޔިތުންގެ ޙަލަތު ދެނެގަތުމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ފެށި ޕްރޮގްރާމްތަކާއެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ މީހުންގެ ޢަދަދު މަދުވެފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއްޖެއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ދަނީ މީހުން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލު ބަލައި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށްގެންދާ ޕްރޮގްރާމުތަކުގެތެރޭގައި އިޖްތިމާޢީ ބަދަހި މަދަދުވެރިން، އިބަމައާއި، "ހާލު ކިހިނެއް؟" ޕްރޮގްރާމު ހިމެނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ލީޑް ސޯޝަލް ވޯކަރ އަކްރަމް ޙުސައިން ވިދާޅުވީ ރާއްޖޭގައި އިޖްތިމާޢީ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އިތުރުނަމަވެސް އެފަދަ މައްސަލަތަކަށް ރައްޔިޔުން ކުރިއަތް ވުރެއް ހޭލުންތެރިކަމަށެވެ. އެގޮތުން ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރާ އަނިޔާ ފަދަ މައްސަލަތަކަށް ޢާންމުންގެ ހޭލުންތެރިކަން މިހާރު އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
އަކްރަމް ވިދާޅުވީ އިބަމަ ޕްރޮގްރާމްގެ ޒަރިއްޔާއިން އާއިލާތަކުގެ ހާލަތު ވަރަށް ގާތުން ދެނެގަނެވޭކަމަށެވެ. އެޕްރޮގްރާމް މިހާތަނަށް 140އަށްވުރެ ގިނަ ރަށުގައި ފަށައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މެދު ނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ރ. އަތޮޅު "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން:
— Ministry of Social and Family Development (@MSFDmv) December 21, 2024
އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމު ރ. މީދޫ އަދި ހުޅުދުއްފާރުގައި ފަށައިފި.
މިއީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު… pic.twitter.com/fnsqOKj2LU
އަކްރަމް ވިދާޅުވީ މި ޕްރޮގްރާމުގެ ޒަރިއްޔާއިން ނާޒުކު ޙަލަތްތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ފެށުމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ މީހުންގެ ޢަދަދު މަދުވެފައިވާކަމަށެވެ. އަދި އިޖުތިމާޢީ މައްސަލަތައް ހުށައަޅާ މިންވަރުވެސް މަދުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި އިޖްތިމާޢީ ބަދަހި މަދަދުވެރިންގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެބަ ކޮންމެސް ވަރަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހޭ ކުދިންގެ މަދުވުމާއި، މި ހުށައެޅޭ މައްސަލަތަކުގެ އަދަދުވެސް މަދުވަމުން ދާކަން. ކުއްލި ބަދަލެއް ނޫން ކުއްލިއަކަށް ގެނެވޭނެ ބަދަލެއް ނޫން. އެހެންނަމަވެސް މި ކަހަލަ ބަދަލުތަކެއް ފެންނަމުން އެބަދޭ" އަކްރަމް ވިދާޅުވިއެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމް ރ. އުގޫފާރުގައި ކުރިއަށް ގެންގޮސްފި.
— Ministry of Social and Family Development (@MSFDmv) December 25, 2024
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޓިމުތަކުން ވަނީ ރ. އުގޫފާރުގައި މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލު ބަލައި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް… pic.twitter.com/RS9U66mOnr
އިޖުތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އިބަމަ ގްރޫޕްތައް ޤާއިމްކުރުންކަމަށެވެ.
އިޖުތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރުގެ ނައިބު މަރްޔަމް ލަހުފާ ޚަލީލް ވިދާޅުވީ އިބަމަ އަދި ޙާލު ހިހިނެއް ޕްރޮގްރާމްތަކުން އެއްކުރެވޭ މައުލޫމާތުތަކުން ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމަށް ފަސޭހަވާނެކަމަށެވެ. ލަހުފާ ވިދާޅުވީ ކޮންމެ ރަށަކީވެސް ތަފާތު ރަށެއްކަމަށާއި، ކޮންމެ މުޖުތަމަޢަކަށް ބޭނުންވާ އެހީވެސް ތަފާތުކަމަށެވެ. އެހެންކަމުން މި މައުލޫމާތުތަކަށް ބަލައި ދައުލަތުން އެރައްރަށައް ފޯރުކޮށްދޭންޖެހޭ ކަންކަން ދެނެގަތުމަށް ވަރަށް ފަސޭހަވާނެކަމަށްވެސް ލަހުފާ ވިދާޅުވިއެވެ.
"މި ޕްރޮގްރާމްގެ ތެރެއިން ކެއިންބުމަށް ބޭނުންވެފައިވަ ފަރާތްތަކާވެސް އެބަ ދިމާވޭ. އެހެންކަމުން އެ ފަރާއްތަކަށް މި އަހަރުގެ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކެއިން ބުއިމަށް ބޭނުން ވެފައިވާ 19 އާއިލާއަކަށް ކެއާރ ޕެކް ފޯރުކޮށްދީފައި ވާނެ." ލަހްފާ ވިދާޅުވިއެވެ.
ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމުގެ ގޮތުން ރައްޔިތުންގެ ހާލު ބެލުމަށް ކުރިއަތް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމް 13 އަތޮޅެއްގައި ކުރިއަތް ގެންދެވިއްޖެކަމަށް ލަޙްފާ ވިދާޅުވިއެވެ. މިއަހަރުގެ މެއި މަހުން ފެށިގެން މި ޕްރޮގްރާމު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާއިރު، މި ޕްރޮގްރާމަށް އަތޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުންދާކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.