ޚަބަރު

"ސިފްކޯ ހިޔާ"ގެ ޢަމަލީ މަސައްކަތް ޑިފެންސް މިނިސްޓަރ ބައްލަވާލުން


ހުޅުމާލޭގައި ސިފައިންނަށް އަޅަމުންދާ "ސިފްކޯ ހިޔާ" 300 ފްލެޓްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާގޮތް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ބައްލަވާލައްވައިފިއެވެ.

ޑިފެންސް މިނިސްޓަރ މިއަދު ހުޅުމާލޭގެ "ސިފްކޯ ހިޔާ" 300 ފްލެޓް ސަރަހައްދަށް ކުރެއްވި މި ޒިޔާރަތުގައި ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ކުރަމުންދާ ކުންފުނި، އައިލެންޑް އެކްސްޕަރޓްގެ އިސް ފަރާތްތަކާ ބައްދަލުުކުރައްވައި މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭގޮތުން ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ސިފްކޯ ހިޔާ 300 ފްލެޓްގައި މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ޓަވަރު އޭ ގައި ފައުންޑޭޝަން އެޅުމުގެ މަސައްކަތާއި ޓަވަރު ބީ ގެ ގްރައުންޑް ބީމްގެ ރީއިންފޯސްމަންޓްގެ މަސައްކަތުގެ އިތުރުން ޓަވަރު ސީ ގެ ކޮލަމްތައް އިތުރަށް މައްޗަށް ނެގުމުގެ މަސައްކަތެވެ.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު މިއަދު ހުޅުމާލޭ "ސިފްކޯ ހިޔާ" 300 ފްލެޓް ސަރަހައްދަށް ކުރެއްވި މި ޒިޔާރަތުގައި، މިނިސްޓަރުގެ އަރިހުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރާއި، ސިފައިންގެ ކޯޕަރޭޓިވް ކުންފުނި (ސިފްކޯ)ގެ ސީއީއޯ ކެޕްޓަން ޙައްވާ ޝެނީނާއި މިލިޓަރީ އިންޖިނިއަރިއާރސްގެ އޮފިސަރ ކޮމާންޑިންގ ކެޕްޓަން އަޙްމަދު ޝާރިމް ބައިވެރިވެވަޑައިގެންނެވިއެވެ.