ކުޅިވަރު

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާރ ފައިނަލަށް ޕޮލަންޑް


ޕެނަލްޓީގައި ސްވިޒަލެންޑްގެ މައްޗަށް ކުރި ހޯދައި ޔޫރޯ ފުޓްބޯޅަމުބާރާތުގެ ކުއާޓާރ ފައިނަލުން ޕޮލަންޑް ޖާގަ ހޯދައިފިއެވެ. ޔޫރޯގެ ދެވަނަ ބުރުގެފުރަތަމަ މެޗުގައި ރޭ ސްވިޒަލެންޑް އަދި ޕޮލަންޑް ވާދަކުރިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ އެކެއް އެކަކުން އެއްވަރުވެފައެވެ.

ފުރަތަމަ ހާފްގައި ޕޮލަންޑްގެ ޔާކުބް ބްލަޝަކޯސްކީ އެޓީމަށް ލީޑް ނަގައިދިންއިރުސްވިޒަލެން ނަތިޖާ ހަމަހަމަކުރީ ޝަގީރީގެ ގޯލުންނެވެ. އިތުރުވަގުތުގެ ތިރީސްމިނެޓްގައިވެސް ދެ ޓީމަށް ގޯލެއް ކާމިޔާބުނުކުރެވުމުން ނަތީޖާ ނެރުމަށް ޖެހިޕެނަލްޓީގައި ޕޮލަންޑް ކުރި ހޯދީ ފަހެއް ހަތަރަކުންނެވެ. ޕެނަލްޓީ ޝޫޓް އައުޓުގައިޕޮލަންޑުން އެޓީމުން ޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބުކުރިއިރު، ސްވިޒަލެންޑަށްކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީއެވެ. މިޑްފިލްޑަރ ޝަކާ ޖެހި ޕެނަލްޓީ ދިޔައީ ގޯލާއިއަމާޒުނުވެ ބޭރަށެވެ. ސްޓެފެން ލިޗްސްޓެއިނަރ، ޒަރްދާން ޝަގީރީ، ރިކާޑޯ ރޮޑްރިގޭޒްއަދި ފަބިއަން ޝާވަނީ އެ ކުޅުންތެރިން ޖެހި ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. 

މިއީ ޔޫރޯގެ ތާރީޚްގައި ޕޮލަންޑް މުބާރާތުގެ ގަދަ އަށަކުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ކުއަަޓަރ ފައިނަލްގައި ޕޮލަންޑް ވާދަކުރާނީ ޕޯޗްގަލްއާއެވެ.