ޚަބަރު

33 ބައި-އިލެކްޝަނެއްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި


  • ޖަނަވަރީ 6 ގެ ނިޔަލަށް ވަނީ ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި

  • އިންތިހާބު އޮންނާނީ ފެބްރުއަރީ 8 ގައި

5 ލޯކަލް ކައުންސިލަކުން ހުސްވެފައިވާ މަޤާމުތަކަށާއި، 28 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކުން ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްއިފިއެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަނުން ހުޅުވާލައްވާފައިވަނީ މިއަދުއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަމާއި ގުޅިގެން ނެރުއްވި އިއުލާނުގައި ވިދާޅުވީ 5 ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަންނަ ފެބުރުވަރީ މަހުގެ 08 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންއަށް ހުޅުވާލާފައިވާ ރަށްތައް:

* ހދ. އަތޮޅު ކައުންސިލްގެ ރައީސް
* ހދ. މަކުނުދޫ ކައުންސިލްގެ މެންބަރު
* ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރު
* ރ. ފައިނު ކައުންސިލްގެ ރައީސް
* ފ. ބިލެތްދޫ ކައުންސިލްގެ މެންބަރު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވާ ރަށްތައް:

* ހދ. ނައިވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ށ. ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ށ. ނޫމަރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ނ. މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ނ. ފޮއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ނ. ކުޑަފަރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ރ. ހުޅުދުއްފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ރ. އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ރ. އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ބ. ހިތާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ބ. ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ބ. ފެހެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ބ. ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ކ. ހުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ވ. ފެލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* މ. މުލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* މ. މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ފ. ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ދ. ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ލ. ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ތ. ބުރުނި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ލ. އިސްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ގއ. ގެމަނަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
* ގދ. ރަތަފަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2024 ޑިސެންބަރު 22 ވާ އާދީއްތަ ދުވަހުގެ 10:00 ން ފެށިގެން، 2025 ޖަނަވަރީ 06 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައްވާފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށްކަމަށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2025 ފެބްރުވަރީ 09 ވާ އާދީއްތަ ދުވަހުގައެވެ.