ޚަބަރު

ބާސެލޯނާ ބަލިކޮށް އެތުލެޓިކޯ އެއްވަނައަށް


ސްޕެއިންގެ ލަލީގާގައި ރޭ ބާސެލޯނާ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ބާށެލޯނާ އަތުން އެތްލެޓިކޯ މެޑްރިޑް މޮޅުވެއްޖެ އެވެ.

އެތްލެޓިކޯ މެޑްރިޑް އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން 41 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ބާސެލޯނާ އެއް މެޗު އިތުރަށް ކުޅެގެން 19 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު ރެއާލް މެޑްރިޑަށް 17 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގަ އެވެ.

ބާސެލޯނާގެ ދަނޑުގައި ސާޅީސް ހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ބާސެލޯނާ އިންނެވެ. މެޗުގެ 30 ވަނަ މިނިޓުގައި ޕެޑްރީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް އަށް ދެ މެޗުގެ ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހިފައިވާތީ މި މެޗުގައި ބެންޗުން ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓެންޓް ކޯޗެވެ.

އެތްލެޓިކޯ މެޑްރިޑްއިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ރޮޑްރިގޯ ޑިޕޯލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ބާސެލޯނާ މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެލެކްޒެންޑަރ ސޯލޮތް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައެވެ.

މިދިޔަ ނޮވެމްބަރ މަހު ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑާއި ދެމެދު 10 ޕޮއިންޓުގެ ފަރަގެއް ހުރި ނަމަވެސް ހުރިހާ މުބާރާތެއްގައި އެތްލެޓިކޯ މެޑްރިޑް އިން އެންމެ ފަހުން ކުޅުނު 12 މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.