ޚަބަރު

ރަޖުނީއަށް ކުރެވޭ ތުހުމަތުތައް އަންނަނީ ބަލަމުން: ފުލުހުން


ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހެޑް އޮފް އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓް ރަޖުނީ ޝުޢައިބަށް ކުރެވޭ ތުހުމަތުތައް ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ވިނަރެސް ޓަވަރުތަކުގެ އެޕާޓްމަންޓެއް ހޯދިގޮތާމެދު ޝުޢައިބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް ރަޖުނީ ޝުޢައިބާ ގުޅޭގޮތުން އާންމުކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.