މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ފުވައްމުލައް އަދި އައްޑޫއަށް ރީނދޫ ސަމާލު ނެރެފިއެވެ.
ހަފްތާ ބަނދުގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުކުރު ހޮނިހިރު މި ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދު ރާއްޖެތެރެ އާ ދެކުނުގެ ރަށްތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ފުވައްމުލައް ސިޓީއިން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފައިވަނީ 15:00 އިން 19:00 އަށެވެ. މެޓުން ވިދާޅުވީ ގަޑިއަކު 25 މެލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ އުތުުރުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވާނެ ކަަމަށް ލަފާކޮށްފައެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ، ކުރިއަށް އޮތީ ސްކޫލް ބަންދު ދުވަސްތަކަކަށްވުމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ސަމާލުވުމަށް އިރުޝާދު ދެއްވާފައެވެ.