ދީން

12 މިސްކިތެއްގައި އިޢުތިކާފަށް އިނުމުގެ އިންތިޒާމް ހަމަޖައްސައިފި


ރޯދަމަހުގެ ފަހުދިހައެއްގައި އިޢުތިކާފަށް އިނުމުގެ އިންތިޒާމު މާލޭގެ 12 މިސްކިތެއްގައި ހަމަޖައްސަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. 

އެ މިނިސްޓްރީން ވިދާޅުވީ، އިންތިޒާމް ހަމަޖައްސަވާފައިވާ މިސްކިތްތަކުގެ ސާފުތާހިރުކޮށް ބެހެއްޓުމަށާއި، މިސްކިތުގެ ހުރުމަތް ކެނޑޭފަދަކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ. އިޢުތިކާފަށް އިނުމަށް މާލޭގައި އިންތިޒާމުތައް ހަމަޖައްސަވާފައިވާ މިސްކިތްތަކަކީ، އިސްލާމީ މަރުކަޒު، ނޫރު މިސްކިތް، ޝަހީދު ޢަލީ މިސްކިތް، އިބްރާހީމް މިސްކިތް، އިބްރާހީމް އިސްކަންދަރު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، މަސްޖިދް މުޙައްމަދު ބިން އިބްރާހީމް، މަސްޖިދް ޙަސަން ޢިއްޒުއްދީން، މަސްޖިދް މުޙައްމަދު ފަރީދުލް އައްވަލް، ޞަލާޙުއްދީން މިސްކިތް އަދި ފުރުގާން މިސްކިތުގެ އިތުރުން ޖަލާލުއްދީން މިސްކިތެވެ.