ޅ. އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢު ނިންމާލައިފިއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވީ އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި، އެ ނިޒާމުތައް ޓެސްޓްކޮށް މިހާރު ނިމިފައިވާ ކަމަށެވެ.
ޅ.އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް @MWSC_Official އިން ކުރަމުންދިޔަ މަސައްކަތްތައް ނިންމާ ނިޒާމުތައް ޓެސްޓުކޮށް ޚިދުމަތް ފެށޭހިސާބަށް އާދެވިފައިމިވަނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމުގައިވާތީ އެހުރިހާ ފަރާތްތަކަށް ޙައްޤު ޝުކުރު އަދާކުރަމުން… pic.twitter.com/XDOdJE6S65
— Abdul Matheen (@amathyn) December 15, 2024
ފެނައި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން ފެނުގެ ނިޒާމު ޤާއިމްކުރުރުމުގެ މަސައްކަތުގެ ދަށުން 9.71 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ވަނީ އަޅާފައެވެ. އަދި ފެން އުފެއްދުމަށް 2 އާރްއޯ ޕްލާންޓް ބަހައްޓާފައިވެއެވެ.
މީގެ އިތުރުން މިމަސައްކަތުގެ ދަށުން މިޕްލާންޓްތަކުން އުފައްދާ ފެން ރައްކާރުރުމަށް 3 ތާނގީ ބަހައްޓައި ގޭގޭގައި ފެން މީޓަރުތައް ހަރުކޮށް ފެނުގެ ކަނެކްޝަން ގެތަކަށް ވަނީ ގުޅައިފައެވެ.
އަދި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން 6.56 ކިލޯމީޓަޓުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 1.60 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އަޅާ އިދާރީ އިމާރާތެއް ވަނީ އަޅާފައެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުގައި 4 ޕަންޕިން ސްޓޭޝަން ބަހައްޓާ، ނަޖިސް ބޭރުކުރުމަށް 1 ސީ އައުޓް ފްލޯ ވަނީ ޤާއިމްކޮށްފައެވެ.
އޮޅުވެލިފުށީގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 18 ވަނަ ދުވަހުއެވެ. މި މަޝްރޫޢަށް ސަރުކާރުން ވަނީ 80 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.