ޚަބަރު

މަރުގެ މައްސަލައެއްގައި ހޯދަމުންދިޔަ ކުޑަކުއްޖަކު ހައްޔަރުކޮށްފި


މިމަހުގެ 3 ވަނަ ދުވަހުގެރޭ މ. ސަރުމާގޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީގައި ނިޔާވި އުމުރުން 14 އަހަރުގެ ފާޠިރު މުޙައްމަދު ޢަލީ ގެ މަރުގެ ތަޙްޤީޤަށް ފުލުހުން ހޯދަމުންދިޔަ ކުއްޖަކު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ ގދ. ތިނަދޫ، ލަވްނެސްޓް، އިބާދަތު ލަޠީފު (15އ) ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މިއަދު ހެނދުނު ހުޅުމާލެއިންކަމަށެވެ. 

އެ މައްސަލައިގެ ތުހުމަތުގައި މ. ކުރިރުއްގެ، އިރުފާން ރުޝްދީވެސް ފުލުހުން ދަނީ ހޯދަމުންނެވެ. ނަމަވެސް އިރުފާން ރުޝްދީ އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ޖޫންމަހުގެ 3 ވަނަ ދުވަހު މާލޭގައި ހިނގި މާރާމާރީތަކުގައި 14  އަހަރުގެ ދެ ކުއްޖަކު ވަނީ މަރުވެފައެވެ.