ޚަބަރު

އެމްޑީޕީ ބަލިކޮށް ކުރިނބީ ޑަބްލިއުޑީސީގެ 3 ގޮނޑިވެސް ޕީއެންސީއަށް


  • މި ބައި-އިލެކްޝަން ކާމިޔާބުކޮށްފައިވަނީ ޕީއެންސީން ވާދަކުރި ރާނިޔާ، ނާފިޡާ އަދި އިނާސާ

  • ޖުމްލަ 6 ކެނޑިޑޭޓުން ވާދަކުރި

ހދ. ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި-އިލެކްޝަން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ.

މި ބައި-އިލެކްޝަންގައި ޖުމްލަ 6 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރި 3 ކެންޑިޑޭޓަކާއި، އެމްޑީޕީގެ ފަރާތުން ވާދަކުރި 3 ކެންޑިޑޭޓެކެވެ. އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން މި ބައި-އިލެކްޝަން ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ 3 ކެންޑިޑޭޓުންނެވެ.

ބައި-އިލެކްޝަން ކާމިޔާބުކުރެއްވި 3 ކެންޑިޑޭޓުންނަކީ:

• ފާޠިމަތު ނާފިޡާ އިސްމާޢީލް / ވީނަސް، ހދ. ކުރިނބީ
• އިނާސާ އާދަމް / ދޫގަސް، ހދ. ކުރިނބީ
• ރާނިޔާ މުޙައްމަދު / ފަލަކް، ހދ. ކުރިނބީ

ހދ. ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ކޮންގްރެސް ޕާޓީގެ 3 ކެންޑިޑޭޓުނަށް ކޮންގްރެސް ޕާޓީގެ ރައީސް އަދި ޕާޓީގެ އާންމު މެންބަރުންގެ ނަމުގައި ޕީއެންސީން ވަނީ މަރުޙަބާ ދަންނަވާފައެވެ.