ޚަބަރު

ހދ. ކުރިނބި ޑަބްލިޔުޑީސީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް


  • ބައި-އިލެކްޝަންގައި މިހާތަނަށް ވޯޓުލާފައިވަނީ 104 މީހުން

ހދ. ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ކުރިއަށްދާ ހދ. ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަކީ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ 3 މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެކެވެ.

ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ހުޅުވާލުމުން 6 ފަރާޓަކުން ވަނީ ކުރިމަތިލާފައެވެ. މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ ކުރިނބީއާއި މާލޭގައެވެ.

މި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ޙައްޤު 558 މީހަކަށް ލިބިގެންވާއިރު، މިހާތަނަށް ވޯޓުލާފައިވަނީ އެންމެ 18 އިންސައްތަ މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން މ. ރަތްމަންދޫ އަދި ގއ. ދެއްވަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ 3 މެންބަރުންގެ މަގާމަށް ކުރިމަތިލުމަށްވެސް ހުޅުވާލިއެވެ. މީގެ ތެރެއިން ރަތްމަންދޫ ޑަބްލިޔު.ޑީ.ސީއަށް އެއްވެސް ފަރާތަކުންކުރިމަތިލާފައި ނުވެއެވެ. އަދި ދެއްވަދޫ ޑަބްލިޔު.ޑީ.ސީން ހުސްވެފައިވާ 3 މެންބަރުންގެ މަގާމަށް 3 ބޭފުޅަކު ކުރިމަތިލުމުން އިންތިޚާބަކާ ނުލައި އެތިން މެންބަރުންވެސް ވަނީ ހޮވިފައެވެ.

ގއ. ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވި 3 ގޮނޑިއަށްވެސް ހޮވެިފައިވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެންޑިޑޭޓުންނެވެ.