އަލިފާނުގެ ހާދިސާ ހިނގި ތިން ވުޒާރާ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައި އެކަމަށް ބޭނުންވާ އިރުޝާދުތައް ދެއްވައިފިއެވެ.
ތިން ވުޒާރާ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެ ވުޒާރާއާއި އެ އިމާރާތުގައި ހިންގަމުން އަންނަ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެ އިމާރާތާއި އިންވެގެން ހުންނަ ގްރީން ބިލްޑިންގައި ހިންގަމުން އަންނަ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.
މި ހާދިސާގެ ސަބަބުން ތިން ވުޒާރާގެ މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. ނަމަވެސް ވުޒާރާގެ މަސައްކަތްތައް އަލުން ފެށުމަށް ތިން ވުޒާރާގެ މަސައްކަތްވެސް ދަރުބާާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
އެމަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ ދަރުބާރުގެއަށް ވަޑައިގެން އެތަނުގައި ހަމަޖައްސަމުންދާ އިންތިޒާމުތައް ބައްލަވާލައްވާފައެވެ. އަދި އެކަމުގައި އަމަލުކުރަންވީ ގޮތްތަކާ ގުޅޭ އިރުޝާދުތައް ރައީސް ވަނީ އެ ވުޒާރާތަކަށް ދެއްވާފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާގެ މަސައްކަތް މިވަގުތަށް ހުއްޓިފައި އޮތް ނަމަވެސް، އާދީއްތަ ދުވަހު އަލުން މަސައްކަތް ފެށޭނެކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ ވިދާޅުވެފައެވެ.
ބުރާސްފަތިދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެދޮރުވެރިކަމާބެހޭ ވުޒާރާގެ އިތުރުން އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އަދި ތިމާވެއްޓާބެހޭ ވުޒާރާއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ދެ ވުޒާރާގެ މަސައްކަތްތައްވެސް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.