ޚަބަރު

ޓީ.އޯ.ވައި.ޕީ އެވޯރޑްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ރާއްޖޭގެ ފެންވަރުގައި މުޖުތަމަޢަށް އެންމެ ރަނގަޅު ޚިދުމަތްތައް ކޮށްދެމުން އަންނަ 10 ފަރާތްތަކަށް ދޭ ޖޭ.ސީ.އައި. ޓެން އައުޓްސްޓޭންޑިންގ ޔަންގ ޕާރސަންސް، ޓީ.އޯ.ވައި.ޕީ އެވޯޑްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ.

ޝީ ބިލްޑީންގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާބެހޭ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. ޖޫނިއަރ ޗެމްބަރސް އިންޓަރނޭޝަނަލް، ޖޭސީއައިގެ ފަރާތުން ސޮއިކުރެއްވީ ޖޭސީއައި ރާއްޖޭގެ ގޮފީގެ ރައީސް ޔާމީން އާދަމެވެ. img:http://s4.psmnews.mv/images/660x400/14666879376376.jpg|ޖޭ.ސީ.އައި.މޯލްޑިވްސްގެ ޓީ.އޯ.ވައި.ޕީ އެވޯރޑްގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުން - ފޮޓޯ: ޕީއެސްއެމް ނިއުސް

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ހިންގާ ކޮންމެ ޙަރަކާތެއްގައި ޕީއެސްއެމް ބައިވެރިވާނެ ކަމަށެވެ. އެގޮތުން ޖޭސީއައި އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ޖޭސީއައި އެވޯޑް ލިބޭ ޒުވާނުން ތަޢާރަފްކުރުމާއި، ރާއްޖެއަށް މިފަދަ އެވޯޑް ކާމިޔާބުކުރެވޭނެ ފަދަ ޒުވާނުން ތިބިކަން، ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް ރައްޔިތުންނަށް އަންގައިދޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް ޕީއެސްއެމްގެ ޔެސް ޗެނަލް މެދުވެރިކޮށް ޒުވާނުންނަށް ހުރި ފުރުޞަތުތައް އަންގައިދީ، ޒުވާނުންގެ ހުނަރު ގެންސްދިނުމަށްޓަކައި ޖޭ.ސީ.އައި. ފަދަ ޖަމްޢިއްޔާތަކަށް ޕްރޮގްރާމްތައް އުފެއްދުމުގެ ފުރުޞަތު އޮތްކަން އިބްރާހީމް ޚަލީލް އިޢުލާންކުރެއްވިއެވެ. img:http://s2.psmnews.mv/images/660x400/14666879197866.jpg|ޖޭ.ސީ.އައި.މޯލްޑިވްސްގެ ޓީ.އޯ.ވައި.ޕީ އެވޯރޑްގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ޖޭސީއައި ރާއްޖޭގެ ގޮފީގެ ރައީސް ޔާމީން އާދަމް ވަނީ މިކަމުގައި ޕީއެސްއެމްގެ ފަރާތުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފައެވެ. ޓެން އައުޓްސްޓޭންޑިންގ ޔަންގ ޕާސަން، ޓީ.އޯ.ވައި.ޕީ އެވޯޑަކީ ރާއްޖޭގެ ފެންވަރުގައި މުޖުތަމަޢަށް އެންމެ ރަނގަޅު ޚިދުމަތްތައް ކޮށްދެމުން އަންނަ 10 ފަރާތަކަށް 10 ކެޓަގަރީއަކުން ދޭ އެވޯޑެކެވެ.

ޖޭ.ސީ.އައި. އަކީ 120 ވަރަކަށް ޤައުމު ބައިވެރިގެން އުފެދި، ހިންގަމުން އަންނަ އަމިއްލަ ޖަމްޢިއްޔާއެކެވެ. ޢުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލަފައިވާ ޓީ.އޯ،ވައި.ޕީ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ސެޕްޓެމްބަރު މަހުގެތެރޭގައި މިއެވޯޑްދިނުމުގެ ޙަފްލާ ބޭއްވުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޖޭސީއައި މޯލްޑިވްސްއިން ހާމަކުރެއެވެ.