ވިޔަފާރި

ކަނޑިންމައިގައި ތަރައްޤީކުރާ ރިސޯޓް ޑިސެމްބަރ މަހު ހުޅުވަނީ


ދ. އަތޮޅު ކަނޑިންމައިގައި ތަރައްޤީކުރާ ރިސޯޓު މި އަހަރު ޑިސެމްބަރު މަހު ހުޅުވަން ހަމަޖެހިފައިވާކަމަށް ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްއިން ހާމަކޮށްފިއެވެ.

ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ތަރައްޤީކުރާ މި ރިސޯޓު ވެގެންދާނީ ރާއްޖޭގައި ހުޅުވާ ފުރަތަމަ ލައިފް ސްޓައިލް ރިސޯޓަށެވެ. މިއީ، ރާއްޖެއަށް އަލަށް ތަޢާރަފްކުރާ ސްޓައިލަކަށްވުމާއިއެކު، އެހެން ރިސޯޓުތަކާ ތަފާތު ކަންތައްތަކެއް މި ރިސޯޓުން ފެނިގެންދާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްއާއި ހަވާލާދީ ފަތުރުވެރިކަމުގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައިވާ ގޮތުން 274 ވިލާގެ މި ރިސޯޓުގައި، އާރޓް ސްޓޯޑިއޯއަކާއި، މެރިން ބަޔޮލޮޖީ ސްކޫލަކާއި، ޔޯގާ ސްޓޫޑިއޯއެއް ހުންނާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރިސޯޓަކުން ފެނިގެންދާނެ އެންމެ ދިގު ސްވިމިންގް ޕޫލްވެސް މި ރިސޯޓުގައި ހުންނާނެ ކަމަށް ޕަލްސް ހޮޓެލްސް އެންޑް ރިސޯޓުން ބުނެއެވެ.