ޚަބަރު

އުރީދޫއާއެކު ޙައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސަރވިސް ޚިދުމަތަށް ބޮޑު ބަދަލެއް


  • މިއީ ޙައްޖާޖީންނަށް މެދުނުކެނޑި މުޢާމަލާތްކުރުމަށް އެކުލަވާލި ސެންޓަރެއް

އުރީދޫ މޯލްޑިވްސްއިން މޯލްޑިވްސްއިން ޙައްޖު ކޯޕަރޭޝަންގައި ޒަމާނީ ކޮންޓެކްޓް ސެންޓަރ ސޮލިއުޝަނެއް ޤާއިމްކޮށްދީފިއެވެ. މިއީ ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޙައްޖާޖީންނަށް މެދުނުކެނޑި މުޢާމަލާތްކުރުމާއި، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެކުލަވާލި ސެންޓަރެކެވެ.

އެޑްވާންސް ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތްތަކުގެ ތެރޭގައި ކޯލް ކިއުކުރުމާއި، ސްކިލް ބޭސްޑް ރޫޓިންއާއި، ރިއަލް ޓައިމް މޮނިޓަރިން އަދި ކޯލް ރެކޯޑިންގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ކަސްޓަމަރުންގެ އިންކުއަރީތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، ހިދުމަތުގެ ފެންވަރު ރަނގަޅު ގޮތުގައި ހިފެހެއްޓުމުގެ ފުރުސަތު ފަހިވާނެކަަށް އުރީދޫން ބުންޏެވެ.

ކްލައުޑް-ހޯސްޓްޑް އާކިޓެކްޗާއަކީ އެންޓަޕްރައިޒް ގްރޭޑް ސެކިއުރިޓީ، މެކްސިމަމް އަޕްޓައިމް އަދި ސެންޓްރަލައިޒްޑް މެނޭޖްމަންޓް ކަށަވަރުކޮށްދޭ އާކިޓެކްޗާއެކެވެ. ސްކޭލެބިލިޓީ ނުވަތަ ކުރިއަށް އޮތްތަނުގައި މި އޮޕަރޭޝަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކަށް ވިސްނައިގެން ފަރުމާކޮށްފައިވާ މި ސިސްޓަމަކީ ސީއާރްއެމް ޕްލެޓްފޯމްތަކާ އެކު މުސްތަގުބަލުގައި އިންޓަގްރޭޓްކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އާއި އޮޕަރޭޝަނަލް އެފިޝިއެންސީ އިތުރުކުރުމަށް ވެސް ތައްޔާރުވެފައިވާ ސިސްޓަމެކެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަމާދީ ވިދާޅުވީ ޙައްޖުކޯޕަރޭޝަނުން ޙައްޖަށް ދާ ފަރާތްތަކަށް ފުރިހަމަގޮތުގައި ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިއީ ހައްޖަށް ދާ މީހުންގެ ހުރިހާ ސުވާލަކަށް ހަރުދަނާ ގޮތެއްގައި ޖަވާބު ދިނުމަށް އިތުބާރު ހުރި ވަން ކޯލް ޑައިލްގެ ހިދުމަތް ފޯރުކޮށްދީ އިޖުތިމާއީ ފޭރާން ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެ ހާއްސަ ހައްލެއް. ހަމައެކަނި ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ އިތުރުން އިޖުތިމާއީ ކަންކަމަށް ޖަމިއްޔާތައް ގުޅާލުމަށް ވެސް އުރީދޫއިން ދޭ ހިދުމަތުގެ އެންމެ ފުރިހަމަ ޔަގީންކަން ދޭ." ޗީފް ބިޒްނަސް އޮފިސަރ ރާޖޭޝް މެހެތާ އިތުރުކުރެއްވިއެވެ.

ޙައްޖުކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ މި ކޮންޓެކްޓް ސެންޓަރ ސޮލިއުޝަން ގެނައުމަކީ ޙައްޖުވެރިންނަށް މެދުނުކެނޑި، ހަރުދަނާ އަދި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ޙައްލަކީ ސުވާލުތަކަށް ވަގުތުން ޖަވާބު ދިނުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، މުޖުތަމަޢަށް ފުރިހަމަކަމާއިއެކު ޚިދުމަތްކުރުމުގައި ހިއްސާވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ހައްލެއްކަންވެސް ޝަކީލް ފާހަގަކުރެއްވިއެވެ.

"އުރީދޫއާ ގުޅިގެން އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ހިދުމަތުގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ އަދި ރޫހާނީ ފޭރާން ހަރުދަނާކުރުން،" މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލްފާޟިލް މުހައްމަދު ޝަކީލް ވިދާޅުވިއެވެ.

އުރީދޫއިން ފޯރުކޮށްދޭ މިފަދަ ޚިދުމަތްތަކަކީ ވިޔަފާރިތަކަށް ކުރިއެރުމަށާއި އެފިޝަންސީއަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މަގު ފަހިކޮށްދިނުމުގައި އިތުބާރުކުރެވޭ ބައިވެރިއެއްގެ ހައިސިއްޔަތުން އުރީދޫގެ ދައުރު ފާހަގަކޮށް، މުސްތަގުބަލަށް ތައްޔާރުވެ ތިބުމަށް އުރީދޫއިން ކުރާ މަސައްކަތެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.