ޚަބަރު

އޭޝިއަން ކަޕުގެ ކޮލިފައިން: ރާއްޖެއާ އެއް ގްރޫޕެއްގައި ތަޖިކިސްތާނާއި، ފިލިޕީންސް އަދި ޓިމޯ ލެސްޓޭ


އަންނަ އަހަރުގެ މާޗު މަހު ފަށާ އޭޝިއަން ކަޕް 2027 ގެ ކޮލިފައިންގެ ގްރޫޕް އޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ސައުދީ އަރަބިއްޔާގައި ބައްވާ އޭޝިއަންކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިންގައި ރާއްޖެ އާއި އެކު ގުރޫޕް އޭގައި ދެން ހިމެނެނެނީ ތަޖަކިސްތާން، ފިލިޕީންސް، ޓީމޯ ލެސްޓޭއެވެ.
ގްރޫޕްބީގައި ލުބުނާން، ޔަމަން، ބޫޓާން އަދި ބުރޫނާއީއެވެ.

ގްރޫޕް ސީގައި ހިމެނެނީ އިންޑިއާ، ހޮންކޮންގ،ސިންގަޕޫރު، އަދި ބަނގްލަދޭޝްއެވެ. ގުރޫޕް އީގައި ހިމެނެނީ ސީރިއާ، އަފްޣާނިސްތާން، މިޔަންމާ އަދި ޕާކިސްތާނެވެ. ގްރޫޕް ޑީގަިއ ހިމެނެނީ ތައިލޭންޑް، ތުރުކުމެނިސްތާން، ޗައިނީސް ތައިޕޭ އަދި ސްރީލަންކާއެވެ. ގްރޫޕް އީގައި ހިމެނެނީ ވިއެޓްނާމް، މެލޭޝިއާ، ނޭޕާލް އަދި ލާއޯސްއެވެ.

އޭޝިއަން ކަޕް 2027 ގެ ކޮލިފައިންގައި ވާދަކުރާ ޓީމުތަކުގެ ގުރުއަތުލުން ބާއްވާފައިވަނީ މިއަދު މެލޭޝިއާގެވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ އޭއެފްސީ ހައުސްގައެވެ.

މި މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ 24 ޓީމު 6 ގުރޫޕަކަށް ބަހާލާފައިވާއިރު،ކޮލިފައިންގެ 3 ވަނަ ބުރުގައި މި ހަ ޓީމުގެ ހަތަރު ޓީމުން ވާދަކުރާނެއެވެ. ހޯމް އެންޑް އަވޭއަށް ފޯމެޓަށް ކުޅޭގޮތަށް ހަމަޖައްސާފަިއވާއިރު ކޮންމެ ގުރޫޕަކުން މޮޅުވާ ޓީމު އޭއެފްސީ އޭޝިއަން ކަޕް 2027 އަށް ހޮވޭނެއެވެ.