ޚަބަރު

ސައްޙަ ނޫން ކޯޓް އަމުރު ތައްޔާރުކުރި މައްސަލަ އިސްތިޢުނާފްކުރަނީ


ސައްޙަ ނޫން ކޯޓް އަމުރު ތައްޔާރުކުރި މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުޙްސިނާއި މާމިގިލީ ކޯޓްގެ ކުރީގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާން 17 އަހަރަށް ޖަލަށްލުމަށް ކުރެއްވި ހުކުމް އިސްތިޢުނާފް ކުރުމަށް ހައިކޯޓަށް ހުށައަޅައިފި އެވެ.

މި މައްސަލަ ހައިކޯޓަށް ހުށައަޅާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެހެންމަވެސް މައްސަލަ ހައިކޯޓުން ބަލައިގެންނެވި ކަމެއް އަދި ސާފެއް ނުވެ އެވެ. ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި މުހުތާޒު މުޙްސިނާއި އަޙްމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުއްލެވި ޓެރަރިޒަމްގެ ދަޢުވާ ސާބިތުވެ، 17 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމްކުރެއްވީ މިމަހުގެ 9 ވަނަ ދުވަހުގެ ރެ އެވެ. img:http://s4.psmnews.mv/images/660x400/14655811462490.jpg|މާމިގިލި ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން

ދައުލަތުން މުހުތާޒު މުޙްސިނާ ދެކޮޅަށް ކުރެއްވި ދަޢުވާގައި ބުނެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މާލެއިން ފުރައިގެން އިތުރު ބަޔަކާއެކު މާމިގިއްޔަށް ގޮސް އެރަށު ކޯޓް ހުޅުވައިގެން ރައީސް ޔާމީން ހައްޔަރު ކުރެއްވުމަށް ޞައްޙަ ނޫން ކޯޓް އަމުރެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ.