ޚަބަރު

ވ. ފުލިދޫން ފަތުރުވެރިކަމަށް ބިން ދޫކުރަން ނިންމައިފި


ވ.ފުލިދޫން ފަތުރުވެރިކަމަށް ބިން ކުއްޔަށް ދޫކުރެއްވުމަށް އެރަށު ކައުންސިލުން ހަމަޖައްސަވައިފިއެވެ.

ވ.ފުލިދޫގެ ދެކުނުފަރާތު އިރުމަތީކޮޅު ތުނޑީ ސަރަޙައްދުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތިރީސްހާސް އަކަފޫޓުގެ ބިމުން، އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް، ހިންގުމަށް 4000 އަކަފޫޓުގެ 3 ބިން ބީލަން އުޞޫލުން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް 50 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ވ. ފުލިދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް، ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ބޭނުންވާ ފޮތް ފުލިދޫ ކައުންސިލްގެ އިދާރާއިން ގަންނަން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. ބީލަން ފޮތް ގަންނަ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުން ޖުލައިމަހުގެ 10 ވަނަ ދުވަހު ބޭއްވެވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ. ބިޑް ހުށަހަޅަންޖެހޭ ސުންގަޑިއަކީ، އަންނަ އޮގަސްޓުމަހުގެ އެގާރަވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖަހާއިރު ކަމަށް އެރަށު ކައުންސިލުން ހާމަކުރައްވައެވެ.