ޚަބަރު

އެމްޕީއެލްގެ ފަރާތުން ކޮލަމާފުށި ޞިއްޙީ މަރުކަޒަކަށް ހަދިޔާތަކެއް


މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ގއ. ކޮލަމާފުށި ޞިއްޙީ މަރުކަޒަށް ކޮމްޕިއުޓަރ ސިސްޓަމަކާއި މަލްޓި ޕާރޕަސް ޕްރިންޓަރެއް ހަދިޔާކޮށްފިއެވެ. 

މިތަކެތި ޙަވާލުކުރެއްވުމަށް އިއްޔެ އެމްފީއެލްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ، ކުންފުނީގެ ސީއީއޯ މުޙައްމަދު ޖުނައިދުއެވެ. އެމްޕީއެލްއިން ބުނީ ކުރިއަށް އޮތްތާނގައިވެސް މިފަދަ ގިނަ ޙަރަކާތްތަކެއް ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދިއުމަށް ކުންފުނީގެ ބޯޑް އަދި މެނޭޖްމަންޓްއިން ނިއްމާފައިވާކަމަށެވެ.