އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ބޯންމަތު ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޓޮޓްނަމް ބަލިވެއްޖެ އެވެ.
މި މެޗުން ބޯންމަތު މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި ކުޅުނު 14 މެޗުން 21 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ ލިބިފަ އެވެ. ޓޮޓްނަމް އަށް 14 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު އެ ޓީމު އޮތީ ދިހަވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް ލިފައިވަނީ 35 ޕޮއިންޓެވެ.
ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 17 ވަނަ މިނިޓުގައި ބޯންމަތަށް ކާމިޔާބުކޮށްދީފައިވަނީ އުމުރުން 19 އަހަރުގެ ޑީން ހުއިސެން އެވެ.
މި މެޗު ފަށައިގެން ޓޮޓްނަމް އިން ރަގަޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ދެ ހަމަލައެއް ފޮނުވާލި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ. އަދި ބޯންމަތު އިން ލަނޑު ޖެހުމާއެކު އެ ޓީމަށް ވަނީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ.
މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ޓޮޓްނަމް އިން ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކެޕްޓަން ސޮން ހިއުން-މިން ވަނީ ކުޅެން އަރުވާފަ އެވެ. އަދި އެ ބަދަލާއެކު އެ ޓީމުގެ މެދުތެރެ އިތުރަށް ވަރުގަދަވެ ނުރައްކާތެރި ބޯޅަތަކެއް ފޯވަޑުންނަށް ޕާސް ކޮށްފަ އެވެ.
ނަމަވެސް މެޗުގެ ފަހު ވަގުތުގައި ބޯންމަތަށް ވަނީ އިތުރު ލަނޑު ތަކެއް ޖަގާ މެޗުގެ ނަތީޖާ ބަދަލު ކުރުމުގެ ފުރުސަތު ލިބިފަ އެވެ.