ޚަބަރު

އޯލާންޑޯ ބަލިކޮށް ނިކްސް އަނެއް ބުރަށް


އެންބީއޭ ކަޕުގައި އޯލާންޑޯ މެޖިކް ބަލިކޮށް ނިއު ޔޯކް ނިކްސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ނމި މެޗުން ނިކްސް މޮޅުވީ 121 ޕޮއިންޓް 106 ޕޮއިންޓުންނެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ މެޑިސަން ސްކޮޔާ ގާޑްންގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ކުއާޓާގައި ލީޑްކުރަމުންދިޔައީ ނިކްސް އިންނެވެ. އެ ޓީމުން ފުރަތަމަ ކުއާޓާގައި އޯލާންޑޯގެ މައްޗަށް 36-27 އިން ކުރިހޯދިއިރު، ދެވަނަ ކުއާޓާ ނިންމާލީ 35-24 އިން ކުރީގަ އޮވެގެންނެވެ.

އެއަށްފަހު ދެން ކުޅެވުނު ތިންވަނަ ކުއާޓާގައި ވެސް ހަމަ ކުރީ ކުއާޓާއެކޭ އެއްގޮތަށް 11 ޕޮއިންޓްގެ ފަރަގަކާއެކު، 35-24 އިން ނިކްސް ވަނީ ކުރިހޯދާފައެވެ. މިއާއެކު، ފުރަތަމަ ތިން ކުއާޓާ އެ ޓީމުން ނިންމާލީ 106-75 އިން ކުރީގަ އޮވެގެންނެވެ. އެކަމަކު، މެޗުގެ ފަހު ކުއާޓާގައި އޯލާންޑޯ އިން ވަނީ 31-15 އިން ކުރިހޯދައި، ފަރަގު ކުޑަކޮށްފައެވެ.

މި މެޗުގައި ނިކްސް އިން އެންމެ ރަނގަޅަށް ކުޅުނު ކާލް-އެންތަނީ ޓައުންސް 23 ޕޮއިންޓާއެކު 15 ރީބައުންޑް ނެގިއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖަލެން ބްރަންސަން ވަނީ 21 ޕޮއިންޓް އެއްކޮށްފައެވެ. މީގެއިތުރުން، އެ ޓީމުގެ ޖޯޝް ހާޓް ވަނީ 11 ޕޮއިންޓާއެކު، 13 ރީބައުންޑް ނަގައި، 10 އެސިސްޓް ހަދައި، ޓްރިޕްލް-ޑަބްލްއެއް ފުރިހަމަކޮށްފައެވެ.

އޯލާންޑޯ އިން އެންމެ ރަނގަޅަށް ކުޅުނީ ފްރާންޒް ވެގްނާ އާއި މޮރިޒް ވެގްނާ އެވެ. ފްރާންޒް ވެގްނާ ވަނީ 30 ޕޮއިންޓާއެކު، ހަ އެސިސްޓް ހަދާފައެވެ. މޮރިޒް ވެގްނާ ވަނީ 20 ޕޮއިންޓާއެކު 12 ރީބައުންޑް ނަގައިފައެވެ.

މި މުބާރާތުގައި ނިއު ޔޯކް ދެން ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި އެޓްލާންޓާ ހޯކްސްއާ ބައްދަލުކުރާއިރު، އޯލާންޑޯ އަށް ދެން އޮތީ މިލްވައުކީ ބަކްސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.