ކުޅިވަރު

ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ވޭލްސް ދެވަނަ ބުރަށް


ރަޝިއާ ބަލިކޮށް ގްރޫޕް އެއްވަނަ ޓީމްގެ ގޮތުގައި ވޭލްސް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާޔުގެ ގްރޫޕް ބީގެ ފަހު މެޗްގައި ވޭލްސް ރަޝިއާގެ މައްޗަށް ކުރިހޯދީ ތިންލަނޑު ސުންލަނޑުންނެވެ. 

މެޗްގެ ފުރަތަމަ ހާފްވެސް ވޭލްސް ނިންމާލީ ދެލަނޑުގެ ލީޑަކާއެކުއެވެ. އާރަން ރަމްސީ ވޭލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު ވޭލްސްގެ ދެވަނަ ލަނޑު ކާމިޔަބުކޮށްދިނީ ނެއިލް ޓޭލާއެވެ. ދެވަނަ ހާފްގައި ވޭލްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގެރެތް ބޭލްއެވެ. މިއީ މިފަހަރުގެ ޔޫރޯގައި ބޭލް ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

 ވޭލްސް އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ 6 ޕޮއިންޓާއެކުއެވެ. ވޭލްސް މިފަހަރުގެ ޔޫރޯގައި ބަލިވެފައިވަނީ އިންގްލެންޑް އަތުން އެކަންޏެވެ. 

މިމެޗުން ބަލިވެ ރަޝިއާ ވަނީ މުބާރާތުން ކަޓާފައެވެ. މިގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ އިންގްލެންޑެވެ.  އިންގްލެންޑަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ.