ވިޔަފާރި

މިދިޔަ 3 އަހަރަށްވުރެ، މިއަހަރު ކަރާގެ އަގުބޮޑު !


ފާއިތުވެދިޔަ 3 އަހަރަށް ބަލާއިރު، މިރަމަޟާން މަސް ފެށުނުއިރު އެންމެ އަގުބޮޑު ބާވަތެއްގެ ގޮތުގައި ފާހަގަކުރެވުނީ ކަރައެވެ. މި ރަމަޟާން މަސް ފެށުނުއިރު ބާޒާރުގައި ކަރާ ކިލޯއެއް ފަސްދޮޅަސް ރުފިޔާއަށް ހުރި މިއީ ފާއިތުވީ ތިން ރަމަޟާން މަހާ އަޅާބަލާއިރު 30 ރުފިޔާ ބޮޑު އަދަދެކެވެ.

ރަމަޟާން މަސްފެށުނުއިރު ކަރާ ކިލޯއެއްގެ އަގު 60 ރުފިޔާގައި ހުރިނަމަވެސް ރަމަޟާންމަހުގެ ފުރަތަމަ ފަނަރަ ނިމިގެންދިޔައިރު ކަރާގެ އަގު މިވަނީ ދަށްވެފައެވެ. އެގޮތުން މިހާރު ބާޒާރުގައި ކަރާ ވިއްކަމުންދަނީ ކިލޯއެއް 15 ރުފިޔާއާއި 30 ރުފިޔާ ދެމެދުގެ އަގެއްގައެވެ. މިއަހަރުގެ ރަމަޟާން މަހުގެ ކަރާގެ އަގު މީގެ ކުރީގެ އަހަރުތަކަށްވުރެ ބޮޑުވެގެންދިޔައީ ރަމަޟާން މަސް ފެށުނުއިރު ބާޒާރުގައި ވިއްކަން ހުރި ކަރާގެ ނިސްބަތް މަދުވުމެވެ. 

ކަރާގެ އަގު މިއަހަރުގެ ރަމަޟާން މަސްފެށުނުއިރު ރަނަށް ވިނަމަވެސް އަގުދަށްވެ، ކުރިއަށް އޮތް ދުވަސްތަކުގައި ކަރާ ކިލޯއެއްގެ އަގު 10 ރުފިޔާއަށް ދަށްވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ކަރާގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ބުނެއެވެ. 

ފާއިތުވެދިޔަ އަހަރުތަކުގެ ރަމަޟާންމަހުގެ ކަރާގެ އަގުތަކަށް ބަލާއިރު 2015 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުނުއިރު ކަރާ ކިލޯއެއް ވިއްކާފައިވަނީ 20 ރުފިޔާއަށް އަދި 2014 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބާޒާރުގައި ކަރާ ކިލޯއެއް ވިއްކާފައިވަނީ 17 ރުފިޔާއަށެވެ. ކަރާގެ އަގަށް އަންނަމުންދާ ބަދަލަށް ބަލާއިރު އަހަރުން އަހަރަށް ކަރާގެ އަގު ބޮޑުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކޮންމެ ރަމަޟާންމަހަކުވެސް ކަރައަށް އޮންނަ ޑިމާންޑެވެ. ރަމަޟާންމަހު އެންމެ ގިނައިން ވިކޭ އެއް ބާވަތެއްގެ ގޮތުގައި ވިޔަފާރިތަކުންވެސް ބުނާ އެއް ބާވަތަކީ ކަރަލެވެ.