ޚަބަރު

ގައުމީ ބީޗް ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ޒީނިއާ އާއި އަރީޝާގެ ޕެއާއަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ބީޗް ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން އައިމިނަތު އަރީޝާ އާއި ފާތިމަތު ޒީނިއާގެ ޕެއާ ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އަރީޝާ އާއި ޒީނިޔާގެ ޕެއާ ހޯދީ ފައިނަލުގައި ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާގެ ޕެއާ އާއި ވާދަކޮށް 2-1 އިން ކުރި ހޯދައިގެންނެވެ.

ފުރަތަމަ ސެޓު 21-18 އިން ކާމިޔާބުކުރީ ޒީނިޔާ އާއި އަރީޝާގެ ޕެއާއެވެ. ނަމަވެސް ހައްވާ އާއި މާޖިދާގެ ޕެއާ ވަނީ ދެވަނަ ސެޓު 17-21 އިން ކާމިޔާބުކޮށްފައެވެ. މެޗުން މޮޅުވި ތިންވަނަ ސެޓު ހައްވާ އާއި މާޖިދާގެ ޕެއާ ކާމިޔާބުކޮށްފައިވަނީ 12-15 އިންނެވެ.

ލީގު ބުރު ނިމުނުއިރު އެއްވަނައިގައި ޒީނިޔާ އާއި އަރީޝާގެ ޕެއާ އޮތީ ޖުމްލަ 9 ޕޮއިންޓާއެކު އެވެ. އެއީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ދެވަނަ ހައްވާ އާއި މާޖިދާ ހޯދީ ހަ ޕޮއިންޓާއެކު އެވެ. ތިންވަނަ ހޯދީ ޒުވާން ޕެއާއެއް ކަމަށްވާ އަނާލް އާއި އަލްޔާ އެވެ. އަދި ހަތަރުވަނަ ނާޒިމާ އާއި ޝަމްހާގެ ޕެއާ ހޯދިއިރު އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.