ޚަބަރު

ފިޔާ، އަލުވި އަދި ބިހުގެ ތިންވަނަ ޝިޕްމަންޓް ބާޒާރަށް ނެރެފި


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއިން ރަމަޟާންމަހަށް ޚާއްޞަކޮށްގެން އެތެރެކުރި، ފިޔައާއި، ބިހާއި އަލުވީގެ ތިންވަނަ ޝިޕްމަންޓް މިއަދު ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ. 

އެސްޓީއޯއިން ވިދާޅުވީ އެއްވެސް ދަތިކަމެއްނެތި ރައްޔިތުންނަށް ވީހާވެސް އަގުހެޔޮކޮށް ފިޔައާއި އަލުއްވާއި، ބިސް ފޯރުކޯށްދިނުމަށް ކޮންމެ ފަނަރަ ދުވަހަކުން އައުޝިޕްމަންޓެއް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ. މިއަދު ބާޒަރަށް ނެރުނު ބާވަތްތަކުގެ ތެރެއިން ފިޔާ ބަސްތާއެއް 160 ރުފިޔާއަށެވެ. އަދި ދުއިސައްތަ ފަންސާސް ރުފިޔާއަށް ވިއްކަމުންދިޔަ އަލުވި ބަސްތާ މިއަދުން ފެށިގެން އެސްޓީއޯއިން 210 ރުފިޔާއަށް ވިއްކުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. އަދި ބިސްކޭހެއް 275 ރުފިޔާއަށް ލިބެން ހުންނާނެކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތުދެއްވައެވެ. 

ފިޔައާއި އަލުއްވާއި ބިސް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓުން އަދި ހޯލްސޭލްކޮށް އެސްޓީއޯ 6 ނަމްބަރު ކޮށިން ލިބެން ހުންނާނެކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތުދެއްވައެވެ.