ކުޅިވަރު

ވެނެޒުއޭލާ ބަލިކޮށް އާޖެންޓީނާ ސެމީއަށް


ކޮޕާ އެމރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުންއާޖެންޓީނާ ޖާގަ ހޯދައިފިއެވެ. ވެނެޒުއޭލާއާ ދެކޮޅަށް ކުޅުނު ކުއަޓަރ ފައިނަލް މެޗްއާޖެންޓީނާ ކާމިޔާބުކުރީ ހަތަރު ލަނޑު އެއްލަނޑުންނެވެ. 

މެޗްގައި އާޖެންޓީނާގެ ހަތަރުލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށްދިނީ ގޮންޒާލޯ ހިގުއެންއެވެ. އަނެއް ދެލަނޑުކާމިޔަބުކޮށްދިނީ އެރިކް ލަމޭލާ އަދި ކެޕްޓަން ލަޔަނަލް މެސީއެވެ. މެސީ ޖެހި ގޯލާއެކުއޭނާވަނީ އާޖެންޓީނާއަށް މިހާތަނަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދީފައިވާ ގެބްރިއަލް ބަޓިސްޓޫޓާގެ ރެކޯޑާ ހަމަހަމަކޮށްފައެވެ. ބަޓިސްޓޫޓާ ވަނީ 78 މެޗްގައި އާޖެންޓީނާއަށް 54  ލަނޑު ކާމިޔާބުކޮށްދީފައެވެ. 

މެޗަށްފަހު މެސީބުނީ އޭނާ އަދި ރެކޯޑް ނުހަދާ ކަމަށާއި ބަޓިސްޓޫޓާގެ ރެކޯޑާ ހަމަހަމަ ކުރުމަކީވެސްލިބޭ ފަޙުރެއް ކަމަށެވެ. 

" އަދި މިއީ ރެކޑް ހެދުމެއް ނޫން. މިހާ ހިސާބަށް އާދެވުމަކީވެސް ފަޙުރެއް. ހާއްސަަކޮށް ބަޓީސްޓޫޓާއާ އަރާ ހަމަހަމަ ކުރުން" މެސީ ބުންޏެވެ.

އާޖެންޓީނާގެ ކޯޗް ޖެރާޑޯ މާޓީނޯ ބުނީ މިފަހަރުގެ ކޮޕާއެމރރިކާގައި މެސީ ރެކޯޑް ހަދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. 

ކޮޕާ އެމެރިކާސެމީފައިނަލްގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ އެމެރިކާއާއެވެ. މިމެޗް ކުޅޭނީމިމަހުގެ 22 ވަނަ ދުވަހުއެވެ.